ކާތިކް އާރިޔާންގެ އެކްޓިންގ ކެރިއަރުގައި ފްލޮޕް ފިލްމުތައް ދީފައި ހުރީ އަތުން ގުނައިލެވޭހާ މަދުންނެެވެ. ސުޕަ ހިޓް ނުވިކަމުގައި ވިޔަސް އޭނާގެ ފިލްމުތަކަށް ލިބޭ އާމްދަނީ ރަނގަޅެވެ.
ކާތިކް ބޮލީވުޑަށް ތައާރަފްވީ 2011 ވަނަ އަހަރުގެ ފިލްމު "ޕިޔާރްކާ ޕަންޗުނާމާ"" އިންނެވެ. މިހާތަނަށް 20 ވަރަކަށް ފިލްްމު ކުލެފައިވާ ކާތިކްގެ ނާކާމިޔަބު ލިސްޓު އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ.
މިހާތަނަށް ކުޅުނު އެންމެ ކަމުނުދާ ނުވަތަ ފްލޮޕް ބޯޑު އެޅުވި އެއް ފިލްމް އަކީ "ލަވް އާޖް ކަލް 2″ އެވެ. އެފިލްމް ގައި ކާތިކް ފެނިގެންދިޔައީ ސާރާ އަލީ ޚާނާއި އެކުގައިއެވެ.
މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ދުވަސްވަރުގައި މި ދެތަރިން ވަނީ ލޯބީގެ ގޮތުން ގުޅިގެން ދުވަސްކޮޅަކު އުޅެފައެވެ. އެ ޖޯޑު ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް ފިލްމު ކަމަކު ނުދިޔައެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކާތިކް ބުނެފައިވަނީ ފިލްމު ފްލޮޕްވުމުން ސީރިއަސް ރޯލުތަކާ މެދު ތަންކޮޅެއް ބޮޑަށް ވިސްނާލަން ފުރުސަތު ލިބުނު ކަމަށާއި އެ ފިލްމު ފްލޮޕްވުމަކީ ގިނަ ޑައިރެކްޓަރުންނަށް އިތުބާރު ކުރެވެން ފެށި އެއް ސަބަބު ކަމަށެވެ.
ކާތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްްމު "ބޫލް ބުލައްޔާ 2″ އިނެނެވެ.