ކައިވެންޏަށް އޮތް އިތުބާރު ގެއްލިއްޖެ: ޝްވެތާ

ކައިވެންޏަށް އޮތް އިތުބާރު ގެއްލިއްޖެ: ޝްވެތާ

Author
ފާތިމަތު ނާވީ
16 ސެޕްޓެމްބަރ 2022 02:27
0

ޓީވީ އިންޑަސްޓްރީގައި އެންމެ ނަންހިނގާ އެއް ބަތަލާ ޝްވެތާ ތިވާރީ ދުވަސްތަކަކަށް ފަހު އަނެއްކާވެސް ޑްރާމާއެއްގެ މަސައްކަތް ފަށައިފިއެވެ.

އޭނާ މިފަހަރު ކުޅެނީ "މެއި ހޫން އަޕަރްޖީތާ" ކިޔާ ސިލްސިލާ އެކެވެ. މި ސިލްސިލާ އަކީ ވެސް ކައިވެނީގައި ޖެހޭ މައްސަލަތައް ދައްކުވައިދޭ ޑްރާމާއެކެވެ.

 

View this post on Instagram

 

A post shared by Shweta Tiwari (@shweta.tiwari)

ދެކައިވެންޏެއް ކޮށްފައިވާ ޝްވެތާ މި ޑްރާމާ އާއި ބެހޭގޮތުން ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކައިވެންޏަށް އޮތް އިތުބާރު މިހާރު ގެއްލިފައިވާ ކަމަށެވެ. އޭނާ ވަނީ 1998 ވަނަ އަހަރު އެކްޓަރު ރާޖާ ޗައުދްރީއާއި ކައިވެނި ކޮށްފައެވެ.

ނަމަވެސް އެކައިވެނި 2007 ވަނަ އަހަރު ރޫޅުނު އިރު ދަރިއަކު ހުއްޓެވެ. އެ ކައިވެނި ރޫޅެން ދިމާވީ ރާޖާގެ ފަރާތުން ތަފާތު ގެވެށި އަނިޔާ ލިބެމުންދާތީ ކަމަށް އޭރު ޝްވެތާ ވަނީ ބުނެފައެވެ. އަދި އެދެމީހުންނަށް ލިބުނު ޕަލަކް ތިވާރީ އަކީ މިހާރު ޒުވާނެެކެވެ. އޭނާ އަންނަނީ ބޮލީވުޑައަށް ތައާރަފް ވުމަށް މަސައްކަތް ކުރަމުންނެވެ.

ޝްވެތާ ދެވަނަ ކައިވެންޏެއް ކުރީ 2013 ވަނަ އަހަރުއެވެ. އެކްޓަރު އަބިނަވް ކޯލީއާއި ކުރި މި ކައިވެނި ރޫޅޫނީ 2019 ވަނަ އަހަރުއެވެ. އެދެމީހުންނަށްވެސް ވަނީ ދަރިއަކު ލިބިފައެވެ. ކުރީގެ ކައިވެންޏެކޭ އެއް ފަދައިން ދެވަނަ ކައިވެނި ވެސް ރޫޅެން ދިމާވީ އަނިޔާކުރާތީ ކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Shweta Tiwari (@shweta.tiwari)

ކުރި ދެކައިވެނިވެސް ނާކާމިޔާބު ވުމުން ޝްވެތާ މިހާރު ހުރީ މާޔޫސް ވެފައެވެ. އަދި އޭނާ ހުރީ މިހާރު ކައިވެނި މަތިން ފޫހިވެފައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ޝްވެތާ ވިދާލީ މަޝްހޫރު ޑްރާމާ ސިލްސިލާ "ކަސޯޓީ ސިންދަގީ ކީ" ގައި ކުޅުނު ޕްރޭނާގެ ރޯލުންނެވެ. އޭގެ ފަހުން އޭނާ ވަނީ ގިނަ ޑްރާމާ ތަކެއްގެ އިތުރުން ބައެއް ފިލްމް ތަކާއި ރިއަލިޓީ ޝޯ ތަކުން ވެސް ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ޏ ޔ އޮޅުވާ ނުލާ