ގޯރީ ފުރަތަމަ ފަހަރަށް ޝޯއެއް ހޯސްޓް ކުރަނީ

ގޯރީ ފުރަތަމަ ފަހަރަށް ޝޯއެއް ހޯސްޓް ކުރަނީ

Author
ފާތިމަތު ނާވީ
16 ސެޕްޓެމްބަރ 2022 09:52
0

ބޮލީވުޑްގެ ސުޕަރސްޓާރ ޝާހްރުކް ޚާންގެ އަންހެނުން އަދި އިންޓީރިއާ ޑިޒައިނަރ ގޯރީ ޚާން ހޯސްޓް ކުރާ ފުރަތަމަ ޝޯ ހުކުރު ދުވަހު ޕްރިމިއާ ކުރާނެ ކަން ހާމަކޮށް އޭގެ ޓްރެއިލާ ދައްކާލައިފިއެވެ.

މިއީ އިންޓީރިއާ ޑިޒައިނިންއާ ގުޅޭ ގޮތުން ގޯރީ ހޯސްޓްކުރާ ޝޯއެކެވެ. "ޑްރީމް ހޯމްސް" ގެ ނަމުގައި ގެނެސްދޭ މި ޝޯގައި އިންޓީރިއާ ޑިޒައިނިންއާ ބެހޭ ގޮތުން ގޯރީ ގިނަ ވާހަކަތައް ގެނެސްދޭނެ އެވެ. އަދި އޭނަގެ ޝޯގައި މަޝްހޫރު ސެލެބްރިޓީންތަކެއް ވެސް ބައިވެރިވާނެއެވެ.

އެ ޝޯގައި ބޮލީވުޑްގެ އެކި ތަރިންގެ ގޭގެ އިންޓީރިއާ ޑިޒައިން އޭނާ ކުރާނެއެވެ. އޭގެ ތެރޭގައި ކެޓްރީނާ ކައިފް، މަލައިކާ އަރޯރާ، ފާރާހް ޚާން، ކަބީރު ޚާން އަދި މަނީޝް މަލްހޮތުރާގެ ގެ ހިމެނެއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

މިރްޗީ ޕްލަސް އެޕާއި ޔޫޓިއުބް މެދުވެރިކޮށް މިޝޯ ދައްކަން ފަށާނީ ހުކުރު ދުވަހުން ފެށިގެން ކަމަށް ޓްރެއިލާ ދޫކޮށްލަމުން ގޯރީގެ ފިރިމީހާ ޝާހްރުކް ބުނެފައިވެއެވެ.

ތިން ކުދިންގެ މަންމަ އަކީ އިންޑިއާގެ ވަރަށް ނުފޫޒު ގަދަ އިންޓީރިއާ ޑިޒަައިނަރަކެވެ. އޭނާ ވަނީ ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ބައެއްގެ ގެ ރީތިކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.