ބްރައްމަސްތުރާގެ ކާމިޔާބާއެކު ތަރިންތައް ހެއްވާލައިފި

ބްރައްމަސްތުރާގެ ކާމިޔާބާއެކު ތަރިންތައް ހެއްވާލައިފި

Author
ފާތިމަތު ނާވީ
14 ސެޕްޓެމްބަރ 2022 06:41
0

މިމަހުގެ 9 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމު ބަރައްމަސްތުރާ މިހާރު ވަނީ ގިނަ ރެކޯޑްތަކެއް މުގުރާލައިފައެވެ.

ފިލްމުގެ ކާމިޔާބީއާ އެކުގައި ފިލްމުގެ ތަރިންތައް ތިބީއުފަލުން ފޮޅިފައެވެ. މިކަމާ އެންމެ އުފަލުން ތިބީ ފިލްމުގެ ލީޑުން ފެނިގެންދާ ދެތަރިން ކަމުގައިވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރެވެ. މި ފިލްްމަކީ ރަންބީރާއި އާލިއާ އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބްރައްމަސްތުރާ" އަށް 225 ކްރޯޑް ރުޕީސްގެ އާމްދަނީއެއް 4 ދުވަހުގެ ތެރޭގައި ވަނީ ލިބިފައެވެ.

އިންޑިއާގެ އިތުރުން އޮސްޓްރޭލިއާ، ނިއުޒީލޭންޑް އަދި އެމެރިކާގެ ޗާޓުތަކުން ވެސް މި ފިލްމު ވަނީ ޖާގަ ހޯދާފައެވެ. މުޅި ދުނިޔެއަށް ބަލާއިރު މި ފިލްމަށް މިހާތަނަށް ވަނީ 212 ކްރޯޑް ރުޕީސް ނުވަތަ 26.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. އަދި މީގެތެރެއިން 44 މިލިއަން އެމެރިކާ ޑޮލަރަކީ ހަމައެކަނި އެމެރިކާއިން މި ފިލްމަށް ލިބުނު އާމްދަނީއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ފިލްމު ޓްރޭޑް އެނަލިސްޓުން ބުނެފައިވާ ގޮތުގައި ހަފްތާ ބަންދާ ދިމާކޮށް ރިލީޒްކުރި މި ފިލްމަށް ހަފްތާ ބަންދުގައި ލިބިފައި ވަނީ ބޮޑު ތަރުހީބެކެވެ. ދެ ދުވަހުން ފިލްމު ވަނީ 100 ކްރޯޑް ކްލަބަށް ވަދެފައެވެ.

 

View this post on Instagram

 

A post shared by Ayan Mukerji (@ayan_mukerji)

އެ ފިލްމަކީ 400 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. "ބްރައްމަސްތުރާ" އަށް މިހާބޮޑު ތަރުހީބެއް ލިބެމުން މި އަންނަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ފާޑުކިޔައި ފިލްމުތައް ބޮއިކޮޓް ކުރަން ގޮވާލާ ދުވަސްވަރެއްގައެވެ. ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބެމުން ދިއުމުގެ މައިގަނޑު ސަބަބަކީ މީގެ ޕްލޮޓް ރަނގަޅުވެފައި، މީގައި އިންޑިއާގެ ފިލްމަކުން ކުރިން ފެނިފައި ނުވާ ފަދަ މޮޅު ވީއެފްއެކްސް ފެނުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

"ބްރަމަސްތުރާ: ޕާޓް ވަން-ޝިވާ" މި ފިލްމަކީ ހިންދީ ބަހުގެ އިތުރުން ތަމަޅަ، ޓެލެގޫ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން ވެސް ޑަބްކޮށްގެން ގެނެސްދީފައިވާ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.