ފިންލޭންޑް ބަލިކޮށް ވޭލްސް ޕްރޮމޯޓްވެއްޖެ

ފިންލޭންޑް ބަލިކޮށް ވޭލްސް ޕްރޮމޯޓްވެއްޖެ

Author
އިބްރާހީމް ސާޢިދު
19 ނޮވެމްބަރ 2020 09:33
0

ނޭޝަންސް ލީގުގެ ގުރޫޕްގެ ފަހުމެޗު ކާމިޔާބުކޮށް ދެންއޮންނަ މުބާރާތެއްގެ ލީގް އޭ އަށް ވޭލްސް ޕްރޮމޯޓްވެއްޖެއެވެ.

ވޭލްސްގެ ކާޑިފްގައި ކުޅުމެޗު 10 މީހުންނާއެކު ކުޅުނު ފިންލޭންޑް މައްޗަށް ވޭލްސްއިން ކުރި ހޯދީ 3-1 ލަނޑުންނެވެ. މެޗުގައި ވަރަށް ކުރީކޮޅު ފިންލޭންޑްގެ ޖެރޭ އުރޮނެންއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މެޗުގައި ވޭލްސްއަށް ލަނޑުތައް ޖަހައިދިނީ ހެރީ ވިލްސަން، ޑެނިއަލް ޖޭމްސްގެ އިތުރުން ކިއެފާ މޫރޭއެވެ. ފިންލޭންޑްގެ ލަނޑު ކާމިޔާބުކޮށްދީ ޓީމޫ ޕުއްކިއެވެ. އެޓީމުން ވަނީ ރޭގައި ހޯދި މޮޅާއެކު ބަލިނުވެ ފުރަތަމަ ފަހަރަށް 11 މެޗު ހަމަކޮށްފައެވެ.

ރޭގައި މި ގުރޫޕްގައި އަޔަލެންޑް ބަލްގޭރިޔާ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ލީގު އޭ އަށް ވޭލްސް ޕްރޮމޯޓްވީ ގުރޫޕްގައި ކުޅުނު ހަމެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ފިންލޭންޑް ދެވަނައަށް ދިޔައީ 12 ޕޮއިންޓާއެކުއެވެ. ތިންވަނައަށް ދިޔައި އަޔަލޭންޑްއަށް ގުރޫޕުން ލިބުނީ 3 ޕޮއިންޓެވެ. ރެލިގޭޓްވީ ދެ ޕޮއިންޓާއެކު ބަލްގޭރިޔާއެވެ.

ލީގް އޭއަށް ޕްރޮމޯޓްވުމާއެކު ވޭލްސްވަނީ 2022 ވަނަ އަހަރު މުބާރާތުގައި ޔޫރަޕުގެ ވަރުގަދަ ގައުމުތަކާ ވާދަކުރަން ޖެހިފައެވެ. އަދި އެހަރު އޮންނަ ވޯލްޑްކަޕް ޕްލޭއޯފް ބުރުންވެސް ވޭލްސްވަނީ ޖާގަކަށަވަރުކޮއްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.