އަލީ އާއި ރިޗާގެ ކައިވެނި އަންނަ މަހު 6 ގައި މުމްބާއީގައި

އަލީ އާއި ރިޗާގެ ކައިވެނި އަންނަ މަހު 6 ގައި މުމްބާއީގައި

Author
ފާތިމަތު ނާވީ
13 ސެޕްޓެމްބަރ 2022 10:00
0

ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަމުގައިވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާގެ ކައިވެނި އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު މުމްބާއީގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަލީ އާއި ރިޗާ ދިމާވީ 2012 ވަނަ އަހަރު، "ފުކްރޭ"ގެ ސެޓުންނެވެ. 7 އަހަރުގެ ދިގު މުއްދަތެއްގައި ރައްޓެހިވެގެން އުޅުނު ދެމީހުން ކައިވެނި ކުރުމަށް ހަމަޖެހިފައި ވާއިރު ކައިވެނީގެ އެންމެ ފަހުގެ ތައްޔާރިތަށް އަންނަނީ ވަމުންނެވެ.

2020 ވަނަ އަހަރުވެސް ކައިވެންޏަށް ތައްޔާރުވަމުން ދިއަ ދެތަރިން އެ އަހަރުގައި ކައިވެނި ނުކުރީ ކޯވިޑް ޕެންޑަމިކްގެ ސަބަބުންނެވެ. ނަމެވެސް މިހާރު މިދެތަރިން ކައިވެނި ދެފަހަރެއްގެ މަތިން ލަސްވި ނަމަވެސް އިތުރަށް ލަސް ނުކުރާނެ ކަމަށް މީގެ ކުރިން ޚަބަރުތައް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by ali fazal (@alifazal9)

ރިޗާ، 35، ބުނި ގޮތުގައި އަލީ، 35، ކައިވެންޏަށް ޕްރޮޕޯޒްކުރީ ދެ މީހުން އެކުގައި 2018 ގެ ތެރޭގައި ރާއްޖެއަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގައެވެ. ދެމީހުންގެ ފަރާތުން އަދި ރަސްމީކޮން މިކަން އިއުލާން ކޮށްފައި ނުވި ނަމަވެސް ރިޗާ ވަނީ މީގެ ކުރިން ކައިވެންޏަށް ތައްޔާރުވިކަމަށް އެއްބަސްވެފައެވެ.

އިންޓަނޭޝަނަލް ޕްރޮޖެކްޓްތައް ވެސް ލިބޭ އަލީ ވަނީ ބޮލީވުޑްގެ ބައެއް ބޮޑެތި ފިލްމު ތަކުގައި މަސައްކަތް ކޮށްފައެވެ. ރިޗާ މިހާރު ދަނީ ފިލްމު "ފުކްރޭ 3″ގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.