ޖިންސީ އެދުންވެރިކަން ފުއްދަން ބޭނުންކުރާ މާމުއީގެ ވައްތަރެއް މަނާކޮށްފި

ޖިންސީ އެދުންވެރިކަން ފުއްދަން ބޭނުންކުރާ މާމުއީގެ ވައްތަރެއް މަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2022 03:35
0

ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ދެ ޑޮކްޓަރީ ބޭހެއް ހިމެނޭ މާމުއިގެ ބާވަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބުނީ މި މާމުއިތަކުގައި ހުންނަނީ ސެކްޝުއަލް އެންހޭސްމެންޓް އަދި އިލެކްޓައިލް ޑިސްއިންފެކްޝަން އަށް ބޭނުންކުރާ ޑޮކްޓަރީ ބޭސްތަކެއް ކަމަށްވާ ޓަޑާލަފިލް އަދި ސިލްޑެނަފިލް ކަމަށެވެ. އެފްޑީއޭ އިން ވަނީ މި ބޭސްތައް އެއްކޮށްގެން ހަދާފައި ހުންނަ މާމުއިގެ ފޮޓޯ އާންުކޮށްފައެވެ.

އެފްޑީއޭ އިން ބުނީ މި މާމުއި ވިއްކުން މަނާކުރީރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ގިނަ ބޭސްތަކުގެ ވަރަށް ގިނަ ސައިޑް އިފެކްޓްސް ހުރެއެވެ. އޭގެ ތެރޭގައި ހިތުގެ ހިނގުން އަވަސްވުން ހިމެނޭއިރު، ސިއްހީ ބައެއް މައްސަލަތައް ހުންނަ މީހުންނަށް ހާޓް އެޓޭކް ޖެހުން ފަދަ ކަންކަމާ ވެސް ދިމާވެއެވެ.

މި މާމުއިތަކަކީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ފިރިހެނުންނަށް ހާއްސަ، ގުދުރަތީ އުފެއްދުމެއް ކަމަށް ބުނެ ބޮޑު އަގުގައި ވިއްކަމުން އަންނަ އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުކައްކާ
އިމަރޫނައްް ތީއްޗެކުބޯނދީީ އެކަލޭގެވާހަކަަ ކޮންމެވެސްއަންހެނަކުކިޔާކަމައްް ނޫސްތަކުގަަ ލިޔެފައޮއްވަފެނުނުު އެސޮރަކީހުރިހާހަމައެއްގައިވެސްް މިދުނިޔޭއުފަލާއަރާމައްް މަސައްކަތްކުރާމީހެއްކަމައްދޭހަވާގޮތައްް ހަބަރުތަކުންއިވެނީީ