ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންސްޝިޕަށް މޭޔަރު މުޢިއްޒު ތިނަދޫއަށް

ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންސްޝިޕަށް މޭޔަރު މުޢިއްޒު ތިނަދޫއަށް

ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 ފައްޓަވައިދެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ތިނަދޫއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މޭޔަރާއިއެކު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އަދި، މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ބައިވެރިވެވަޑައިގަންނަވައެވެ.

މޭޔަރާއި ކައުންސިލަރުންނަށް ގދ. ތިނަދޫއިން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މޭޔަރު މުޢިއްޒު އާއި ކައުންސިލަރުންނަށް މަރުޙަބާ ދެންނެވުމަށް ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތާއި އެތްލެޓިކްސް ޓީމާއި ރަށުގެ ގިނަ އާންމު ރައްޔިތުންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ދަތުރުފުޅަކީ ހުވަދޫ އަތޮޅު ކައުންސިލްގެ ދައުވަތަކަށް މޭޔަރާއި ކައުންސިލުން އެ އަތޮޅަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޭޔަރާއި ކައުންސިލަރުން އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރު ވާ ހޯމަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *