މިހާ ބާރު ސްޕީޑެއްގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ ޒަމާނެއް ނުދެކެން: އަސްލަމް

މިހާ ބާރު ސްޕީޑެއްގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ ޒަމާނެއް ނުދެކެން: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2022 08:03
0

ތަރައްޤީގެ މަސައްކަތްތައް މިހާ ބާރު ސްޕީޑެއްގައި ކުރިއަށްދާ ޒަމާނެއް ދެކެވަޑައިނުގަންނަވާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ރ. އުނގޫފާރު ފެނާއި ނަރުދަމާ އާއި ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގައި ތަރައްޤީގެ މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް ނެތްކަމަށެވެ. އެގޮތުން މި ދައުރު ނިމޭއިރު ފެނާއި ނަރުދަމާ ނެތް ރަށެއް ނޯންނާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިއަށްވުރެ ބާރު ސްޕީޑެއްގައި ތަރައްޤީގެ މަސައްކަތް ކުރަމުންދާ ޒަމާނެއް ނުފެނޭ. އެއީ ވާދަވެރި ސިޔާސީ ހަރަކާތާއެކު ލިބުނު ކުރިއެރުމެއް. މިއަދު ރަށެއް ނޯންނާނެ ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުކުރާ. 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިިކަމާއި ހަވާލުވިއިރު 50 ވަރަކަށް ރަށުގައި ފެނާއި ނަރުދަމާ އޮތީ. މިހާރު ބާކީ ހުރި ހުރިހާ ރަށެއްގައި އެމަސައްކަތް ދަނީ ކުރިއަށް. އަންނަ އަހަރުގެ އޭޕްރީލް މެއި މަހާިއ ހަމައަށް ދާއިރު ފެނާއި ނަރުދަމާ ނެތް ރަށެއް ނޯންނާނެ.

– އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އުނގޫފާރާއި ދުވާފަރާއި އިނގުރައިދޫ ދާއިރާގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންގެންދާކަމަށެވެ. މިގޮތުން އެ 3 ދާއިރާގެ ރަށްރަށުގައި ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތާއި ތައުލީމާއި ސިއްހީ ދާއިރާ އަދި ޒުވާނުންނާއި ގުޅުންހުރި ދާއިރާތަކުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާކަން މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރާއްޖެ އޮންނަންވީ ގޮތުގެ ތަސައްވުރެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެބައޮތްކަމަށެވެ. އެގޮތުން ރާއްޖެ ސަރަހައްދުތަކާއި ޒޯންތަކަށް ބަހާލައިގެން ފެރީ ނެޓްވޯކްތަކުން ގުޅާލަމުންދާއިރު، އެކަމުގެ ފައިދާ އެ ހިދުމަތް ފަށާފައިވާ ސަރަހައްދުތަކުގެ ރައްޔިތުންނަށް މިހާރު ފެންނަމުންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސައްލޭ
އަސްލަމްވަރުގެ ފޮނި މީހެއް ނުދެކެން.