ބަތަލާ ސުޝްމިތާ ސެން އާއި ވިޔަފާރީ ވެރިޔާ ލަލިތް މޯދީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އެރިލެއް ބާރު މިނުގައި އެގުޅުން ނިމިފައިވާ ކަންވެސް ހާމަވެއްޖެއެވެ.
އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކުރީ ގައިގޯޅި ފޮޓޯ ތަކަކާއި ވެސް އެކުގައިއެވެ. އަދި ހަމަ އެއާއިއ ެކުގައި ދެމީހުން ރާއްޖޭގައި ޗުއްޓީވެސް ހޭދަކޮށްފައިއެވެ.
Just back in london after a whirling global tour #maldives # sardinia with the families – not to mention my #betterhalf @sushmitasen47 – a new beginning a new life finally. Over the moon. 🥰😘😍😍🥰💕💞💖💘💓 pic.twitter.com/Vvks5afTfz
— Lalit Kumar Modi (@LalitKModi) July 14, 2022
ނަމަވެސް ގުޅުން އިއުލާން ކުރިތާ މަހެއްހައި ދުވަސް ފަހުން އެގުޅުން ނިމިފައިވާކަން ލަލިތްގެ ފަރާތުން ވަނީ އެނގިގެން ގޮސްފައިއެވެ. އިންސްތަގްރާމްގެ ބީއައޯ ގައި ލަލިތް ވަނީ ސުޝްމިތާ އާއި އެކުގައި އޮތް ގުޅުން ނިމުންކަން އިއުލާން ކޮށްފައިއެވެ. އެގުޅުން ފެށުން ކަން އިއުލާން ކުރީވެސް ލަލިތް ގެ އިންސްތަގްރާމްގައިއެވެ.
އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކުރުމާއި އެކުގައި ގިނަ ބަޔަކު ވަނީ ސުޝްމިތާ އުޅެނީ ލާރިއަށް ލަލިތު އާއި ރައްޓެހިވެގެން ކަމަށް ބުނެ ފާޑުކިޔައިފައިއެވެ. އަދި ލަލިތް އަކީ ސުޝްމިތާ ގެ ބައްޕަ ހެން ފޮޓޯތަކުން ހީވާ ކަމަށްވެސް ވަނީ ބުނެފައިއެވެ.
ލަލިތާ ލޯބިގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، މިހާރު ހުރީ ވަރަށް އުފަލުން ކަމަށާއި، މިއީ އަނެއްކައިވެސް އައު ފެށުމެއް ކަމަށް ބުނެ 46 އަހަރުގެ ބަތަލާ ވަނީ ސޯޝަލް މީޑިއާއަށް ޕޯސްޓެއް ދޫކޮށްލާފައެވެ.
އުމުރުން 56 އަހަރުގެ ލަލިތަކީ މީގެ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ މީހެކެވެ. އޭނާގެ އަނބިމީހާ ކެންސަރު ބަލީގައި 2018 ވަނަ އަހަރު މަރުވެފައިވާއިރު، އެ ކައިވެންޏަށް ދެ ކުދިން ލިބިފައި ވެއެވެ.

ސުޝްމިތާ ލަލިތަށް ވުރެ 10 އަހަރު ހަގެވެ. އަދި ފޮޓޯ ތަކުންވެސް މިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހުން ބުނެފައިވަނީ އެ ޖޯޑު އެއްވެސް ވަރަަށް ނުގުޅޭ ކަމަށެވެ. އަދި ހީވަނީ ބައްޕަ އަކާއި ދަރިއެއް ހެން ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި ގިނަ ބަޔަކު ބުނީ މިފަހަރު ސުޝްމިތާ ލޯބި ވީ ނޫން ކަމަށާއި އޭނާ މިފަހަރު އުޅެނީ ފައިސާއާހެދި ކަމަށެވެ.
މީގެ ދެމަހެއް ހާ ދުވަސް ކުރިން ސުޝްމިތާ އޭނާ އަށް ވުރެ އުމުރުން ޒުވާން މޮޑެލް، ރޮހްމަން ޝޯލް އާއި އޮތް ގުޅުން ނިމުމަކަށް ގެނެއައުމުން ފޭނުން ހީކުރީ އޭނާ އަވަހަށް ދެން މީހަކާއި ރައްޓެހި ނުވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ