ނީތޫ އާ ފިލްްމް އަކަށް ސޮއި ކޮށްފި

ނީތޫ އާ ފިލްްމް އަކަށް ސޮއި ކޮށްފި

Author
ފާތިމަތު ނާވީ
07 ސެޕްޓެމްބަރ 2022 07:18
0

ކުރީގެ ބޮލީވުޑް ބަތަލާ ނީތޫ ކަޕޫރު އަނެއްކައިވެސް ފިލްމް އަކަށް ސޮއި ކޮށްފިއެވެ. ނީތޫ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމް "ޖުގް ޖުހް ޖިއޯ" އިންނެވެ.

މި ފިލްމް މިހާރު އިއުލާން ކޯށްފައި ވާއިރުގައި ފިލްމް ގެ ނަމެއް އަދި އިއުލާން އެއް ނުކުރެއެވެ. ނަމަވެސް މީ ނީތޫގެ އެންމެ ފަހުގެ ފިލްމްގެ "ޖުގް ޖުގް ޖިއޯ" ގެ ޖޯންރާގެ ފިލްމްއެއް ކަމަށްވެއެވެ.

ނީތޫ އާއި އެކުގައި މި ފިލްމްގެ ކާސްޓުން ފެނިގެންދާނީ އެކްޓަރު ވިކީ ކޯޝާލް ގެ ކޮއްކޮ ސަނީ ކޯޝަލް އާއި ޝްރަދާ ސްރިނާތް އެވެ.

 

View this post on Instagram

 

A post shared by neetu Kapoor. Fightingfyt (@neetu54)

ޝްރަދާ އަކީ ސައުތުގެ ވަރަށް މަޝްހޫރު ބަތަލާއެކެވެ. އޭނާގެ މަޝްހޫރު ފިލްމް ތަކުގެ ތެރޭގައި ވިކްރަމް ވޭދާ" އާއި "ޖާޒީ" ފާހަގަ ކޮށްލެވެއެވެ.

ލަޔަންސް ގޭޓް އިންޑިއާ ސްޓޫޑިއޯގެ ތަތްގަނޑުގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޝޫޓިން ފަށާނެ އިރެއް އަދި ނޭގެއެވެ.

 

View this post on Instagram

 

A post shared by neetu Kapoor. Fightingfyt (@neetu54)

2020 ވަނަ އަހަރު ކެންސަރު ބަލީގައި ރިޝީ މަރުވި ފަހުން މަޑުމަޑުން ނީތޫ އަންނަނީ ފިލްމް ތަކުން ފެންނަމުނެވެ. 64 އަހަރުގެ ބަތަލާ އަކީ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ގެ މަންމައެވެ. އަދި އެއީ މަޝްހޫރު ބަތަލާ އާލިއާ ބަޓް ގެ މައިދައިތައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.