ކާތިކް ސޮއި ކުރި އަނޫރާގްގެ ފިލްމް އަކީ "އާޝިގީ3″

ކާތިކް ސޮއި ކުރި އަނޫރާގްގެ ފިލްމް އަކީ "އާޝިގީ3″

Author
ފާތިމަތު ނާވީ
08 ސެޕްޓެމްބަރ 2022 09:45
0

ކާމިޔާބު އެތައް ފިލްމް ތަކެއް ޑައިރެކްޓް ކޮށްފައިވާ އަނޫރާގް ބާސޫގެ ފިލްމް އަކަށް ކާތިކް ސޮއި ކުރި ފިލްމް އަކީ އަސަރުގަދަ ލޯބީގެ ފިލްްމް "އާޝިގީ 3″ ކަން އިއުލާން ކޮށްފިއެވެ.

މި ފިލްމު ހަދަން ނިންމާފައި ވަނީ "އާޝިގީ" ގެ ކުރީގެ ދެ ފިލްމު ވެސް ޕްރޮޑިއުސްކުރި މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. "އާޝިގީ" ގެ ނަމުގައި މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. މި ފިލްމް އަކީ މިއަދު ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފިލްމް އެކެވެ. ހާއްސަކޮށް ފިލްމް ގެ ލަވަތަށް ގިނަ ބަޔަކު މިއަދުވެސް އަޑުއަހައެވެ.

2013 ގައި އަނުރާގް ޑައިރެކްޓްކޮށް ނެރުނު ފިލްމުގެ ދެވަނަ ބައި "އާޝިގީ2″ ފެނުނީ އަދިތުޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މި ފިލްމް އަށް ވެސް ބޮޑު ކާމިޔާބެއް ލިބުންއިރުގައި ފިލްމް ގެ ލަވަތަކަކީ ގިނަ ބަޔަކަށް ކަމުދިއަ ލަވަތަކެކެވެ.

މީގެ މިއުޒިކް ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޕްރިތަމް އެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާމިޔާބު އެތަށް ފިލްމް ތަކެއް ގެެނސްދީފައިވާ އަނޫރާގް އެންމެ ފަހުން ގެނެސްދިން ފިލްމް އަކީ 2020 އެންތޮލޮޖީ ފިލްމު "ލޫޑޯ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.