އަދުލުވެރި ވެރިކަމެއް ޤާއިމްކުރުމަށް އިލްމުވެރިން، އަދާލަތާއި ގުޅުމަށް ޑރ.އިޔާޒު ގޮވާލައިފި

އަދުލުވެރި ވެރިކަމެއް ޤާއިމްކުރުމަށް އިލްމުވެރިން، އަދާލަތާއި ގުޅުމަށް ޑރ.އިޔާޒު ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
05 ސެޕްޓެމްބަރ 2022 09:08
0

ރާއްޖޭގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ޤާއިމް ކުރުމަށްޓަކައި ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުން އަދާލަތު ޕާޓީއާއި ގުޅުމަށް ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

ޑރ.އިޔާޒު މިކަމަށް ގޮވާލެއްވީ ދެހާސްތިރީސްތިންވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމަށް ކަނޑައަޅައި، އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރު މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭނެއް ރޭ ފާސްކޮށްފައި ވަނިކޮށެވެ.

އަދާލަތު ޕާޓީން 2033 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަން ކުރާނީ އަދާލަތު ޕާޓީންކަމަށް އެޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓުވީޓު ރިޓުވީޓް ކުރައްވައި ޑރ.އިޔާޒު ވިދާޅުވީ ރާއްޖޭގެ ކަންކަން ހަމަ މަގަށް އެޅުވައި އިސްލާމީ އަސާސްތަކުގެ މަތީ ޤާއިމްވާ އަދުލުވެރި ވެރިކަމެއް ޤާއިމް ކުރުމަށް އަދާލަތު ޕާޓީއާއި ގުޅިވަޑައި ގަތުމަށް ލޮބުވެރި އިލްމުވެރިންނަށާއި، ދިވެހި ރައްޔިތުންނަށް ގޮވާލާކަމަށެވެ.

މިރާއްޖޭގެ ކަންކަން ހަމަ މަގަށް އެޅުވައި އިސްލާމީ އަސާސްތަކުގެ މަތީ ޤާއިމްވާ އަދުލުވެރި ވެރިކަމެއް ޤާއިމް ކުރުމަށް އަދާލަތު ޕާޓީއާއި ގުޅިވަޑައި ގަތުމަށް ލޮބުވެރި އިލްމުވެރިންނަށާއި، ދިވެހި ރައްޔިތުންނަށް ގޮވާލަން.

– ޑރ.އިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

2033 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަދާލަތު ޕާޓީން ޕްލޭނެއް ފާސްކުރިއިރު މިހާތަނަށް އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކޮށްފައެއްނުވެ އެވެ. އޭގެ ބަދަލުގައި އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރީއެވެ.

އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ރާއްޖޭގައި ތިން ރިޔާސީ އިންތިހާބު ބޭއްވިއިރު، އެއިން ކޮންމެ އިންތިހާބެއް ކާމިޔާބުވީ ކޯލިޝަނެއްގެ ތާއީދު އޮތް ރިޔާސީ ކެންޑިޑޭޓެކެވެ. މި ފަހަރު ފިޔަވައި ކުރީ ދެ ފަހަރު ވެރިކަމުގެ ދައުރުގެ މެދު ތެރެއިން ކޯލިޝަން ރޫޅިގެން ގޮސްފައިވެއެވެ.

މިއިން ކޮންމެ ކޯލިޝަނެއްގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮވެއެވެ. މިހާރު ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިޔެއްގެ ގޮތުގައި އަދާލަތު ޕާޓީ އޮތް އިރު، އެ ޕާޓީ ތަމްސީލް ކުރާ ދެ ބޭފުޅަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވަޒީރުންގެ މަޖިލީހުގައި ތިއްބަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ
މިތަން އަފްގާނިސްތަނަކަން ހަދަން ބޭނުންވާ މީހުން މަދުކަމުން ތިކަމެއް ނުވާނެ.
ބ ބިރުބޮޑު
ކިރިޔާވެސް އަދުލު ވެރިކަމެއް ކުރެވޭނެ މީހަކަށް އަދިފެންނަންހުރީ އުމަރުނަސީރު ވަރަށް ވަރަށް ސާފް އަދާލަތު މީހުންނަކީ ދެފުށް ކެހެރިން ވަރަށްސާފް