ޒައިދް އާއި ގޯހަރްގެ ލަވަ ބަލައިފިންތަ؟

ޒައިދް އާއި ގޯހަރްގެ ލަވަ ބަލައިފިންތަ؟

މަޝްހޫރު ދެމަފިރިން ކަމުގައިވާ ޒައިދް ދަރްބާރް އާއި ގޯހަރް ޚާންގެ ވީޑިއޯ ލަވަ "ބާރިޝް މެ ތުމް" ނެރެފިއެވެ. ލޯބި ޖޯޑެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ މި ދެތަރިންގެ ވީޑީއޯ ލަވަ އަކީ ވަރަށް ރޮމޭންޓިކް ލަވައެކެވެ.

މި ލަވައިގައި ދައްކުވައިދެނީ ދެ ބައިވެރިން ވާރޭގައި ކުރާ ސަމާސާއި ލޯބީގެ ކަންތަށް ތަކެއް ކަމަށްވެއެވެ. މީ މިދެމީހުންގެ އަލަތު ވީޑިއޯ ލަވައެވެ.

ލަވަ ކިޔާފައިވަނީ ހަމަ ބޮލީވުޑްގެ ލޯބި ޖޯޑުންގެ ތެރޭގައި ހިމެނޭ ނޭހާ ކައްކަރް އާއި އޭނާފެ ފިރިމީހާ ރޯހަން ޕްރީތު ސިންގްއެވެ. ނޭހާ އާއި ރޯހަން 2020 ވަނަ އަހަރުގައި ކައިވެނި ކުރިފަހުން ދެމީހުން އެކުގައި އަންނަނީ ލަވަތަށް ކިޔައި ވީޑިއޯ ވެސް ކުޅެމުންނެވެ.

ނޭހާ އަކީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އަދި މަގުބޫލު އެއް ލަވަކިއުން ތެރިއެވެ. އޭނާ އަކި ބައެއް ލަވަކިޔާ ޝޯވ ތަކުގެ ޖަޖްކަންވެސް ކުރާ ކުޅަދާނާ ލަވަކިއުންތެރިއެކެވެ.

އަދިލް ޝެއިޙް ޑައިރެކްޓް ކޯށްފައިވާ މި ލަވަ ނެރެފައިވަނީ ޓީ- ސީރީޒްގެ ޔޫޓީއުބް ޗެނަލުންނެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ ޝޯކިޑް އަދި ހަރްޝް ކަރްގެޓީއެވެ.

 

View this post on Instagram

 

A post shared by Gauahar Khan (@gauaharkhan)

39 އަހަރުގެ ގޯހަރް އާއި 25 އަހަރުގެ ޒައިދް ދަރްބާރް ކައިވެނި ކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގައިއެވެ. ދެ ތަރިންނަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ދެތަރިންނެވެ. އެމީހުން ވަނީ ކައިވެނީގެ ހުރިހާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޙޭބަލިވެދާނެ "ގޯރީޚާން" އެއް ނޫން ގައުހަރު ޚާން ޔޫޓިއުބުން ނަމަވެސް ބަލާލަ ބަލަ ނަންތައް ކިތާގޮތް އެނގޭނެ

Leave a Reply

Your email address will not be published. Required fields are marked *