އަނޫރާގްގެ ފިލްމެއް ކާތިކަށް

އަނޫރާގްގެ ފިލްމެއް ކާތިކަށް

Author
ފާތިމަތު ނާވީ
06 ސެޕްޓެމްބަރ 2022 05:01
0

ކާމިޔާބު ފިލްމު ތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު އަނޫރާގް ބާސޫގެ ކުރިއަށް އޮތް ފިލްމަށް ކާތިކް ސޮއިކޮށްފި ކަމަށް ޚަބަރުތައް ބުނެފިއެވެ.

މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިބާ "ބޫލް ބުލައްޔާ 2″ އިން ބޮލީވުޑްގެ މެދު އުޑުގައި ކާތިކް ފިޔަޖަހަމުން އަންނަ އިރު އޭނާއަށް އަންނަނީ ބޮޑެތި ޑައިރެކްޓަރުންގެ ފިލްމުތައް ލިބެމުންނެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 2020 ގައި "ލޫޑޯ" ގެނެސްދިން ޑައިރެކްޓަރ އަނޫރާގް މުޅިން ތަފާތު ލޯބީގެ ވާހަކައަކަށް ހަދާ ފިލްމަށް ކާތިކް ސޮއިކޮށްފައި ވާއިރު، މިއީ ޒުވާން އެކްޓަރު މީގެ ކުރިން ކުޅެފައި ނުވާ ކަހަލަ ކެރެކްޓާއަކުން ފެންނާނެ ފިލްމެކެވެ.

ކާތިކް ވަނީ ދާދިފަހުން ސާޖިދު ނަޑިއާޑްވާލާ އާއި ކަބީރު ޚާން ފަދަ ޑައިރެކްޓަރުންނާއެކު ވެސް ފިލްމުތަކެއް ސޮއިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.