ބޮލީވުޑްގެ ހުނަރުވއެރެި ބަތަލާގެ އަލަތު ވެބް ސީރީ "ދަ ފޭމް ގޭމް" ގެ ދެވަނަ ސީޒަނެއް ނުހަދާނެ ކަމަށް ހަބަރުތަށް ބުނެފިއެވެ.
މި ވެބް ސީރީޒްގެ މައިގަނޑު ކާސްޓޫން ފެނިގެންދަނީ މަދޫރީގެ އިތުރުން ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރް އާއި މާނަވް ކޯލް އަދި ސުހާސިނީ މުލޭ އެވެ.
"ދަ ފޭމް ގޭމް" ގައި ކިޔައި ދިނީ ކައިވެނިކޮށް ދަރިން ވެސް ތިބި މަޝްހޫރު ބަތަލާއަކު ކުއްލި ގޮތަކަށް ގެއްލުމާ ގުޅިގެން އޭނާ ހޯދަން ކުރާ މަސައްކަތާއި އެކަމުގެ ތެރެއިން ފެންމަތިވާ ސިއްރުތަކެވެ.
ކުރިން މި ސީރީޒްގެ ދެވަނަ ސީޒަނެއް އަންނާނެ ކަމަށް ބުނި ނަމަވެސް މިހާރު ހަބަރުތަށް ބުނާގޮތުގައި މި ވެބް ސީރީޒް ގެ ދެވަނަ ސީޒަން އެއް ނުފެންނާނެ އެވެ. އަދި ދެވަނަ ސީޒަން އެއް ހެދުމަށް އޭގެ ވާހަކައިގައި މާބޮޑޫ ޝައުގުވެރި ކަންތަށް ތަކެއް ނެތުމުން ދެވަނަ ސީޒަން ކެންސަލް ކުރީކަމަށް ވެއެވެ.
ނަމަވެސް އަދި މިހަބަރު އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. އަށް އެޕިސޯޑް ހިމެނުނު "ދަ ފޭމް ގޭމް" ޑައިރެކްޓްކުރީ ބިޖޯއި ނަމްބިއާ އާއި ކަރިޝްމާ ކޯލީ އެވެ.
ކޮމެންޓު ފޮނުވާ