އޭސީސީއާއެކު ހަދާފައިވާ އެސްއޯއެފް އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހޯދުމަށް ބީއެމްއެލްއާއި ދެކޮޅަށް ދައުވާ ކުރާނެކަމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކު އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ރައީސް ޔާމީން އެއްބަސްވެވަޑައިގަތީ އެ މަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި 2018 ގައި އެ ފައިސާ ހަވާލުކުރުމަށެވެ. ނަމަވެސް، އެއީ އޭސީސީއާ ހަވާލުކުރަން ޖެހޭ ފައިސާއެއް ނޫން ކަމަށް އޭރު ވެސް ޔާމީން ވިދާޅުވެފައިވެއެވެ.
ރޭ ސްނގު ޓީވީއަށް ދިން އިންޓަރވިއުގައި ރައީސް ޔާމީން ވިދާޅުވީ، އެސްކްރޯ އެކައުންޓްގައި ހުރި ފައިސާއަކީ އެމަނިކުފާނަށް ސިޔާސީ މަސައްކަތްކުރަން ލިބިވަޑައިގެންނެވި ފައިސާކަމަށެވެ. އެއީ ޤާނޫނާއި ޚިލާފަށް ހޯއްދެވި ފައިސާއެއް ނޫންކަން ތަކުރާރުކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެސްކްރޯ އެކައުންޓް ހުޅުވީ އެއް އަހަރުގެ ތެރޭގައި އެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް އޭސީސީ އަށް ނުނިންމިއްޖެ ނަމަ، އަނބުރާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރަން ޖެހޭގޮތަށްކަމަށެވެ. ނަމަވެސް އޭގެ އެތައް އަހަރެއް ފާއިތުވިނަމަވެސް އެފައިސާ އަނބުރާ ޖަމާކޮށްފައިނުވާކަން ޔާމީން ފާޙަގަކުރެއްވިއެވެ. އެހެންކަމުން ބޭޏްކް އޮފް މޯލްޑިވްސް ގޮވައިގެން އެ ފައިސާ ހޯދަން ކޯޓަށް ވަޑައިގަތުމުގެ މަގުމަތީގައި ހުންނެވިކަން ރައީސް ޔާމީން ހާމަކުރެއްވިއެވެ.
ޔާމީން ވިދާޅުވީ، އޭޏާގެ މައްޗަށް ދައުވާ ކުރަނީ މައްސަލަތަކެއް އުފަންކުރުވައިގެންކަމަށެވެ.
ގއ.ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އުފުލިއެވެ. އެ މައްސަލާގައި ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019 ސާބިތުވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުވެ އެމަނިކުފާނު ވަނީ މިނިވަންވެވަޑައިގެންފައެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ އިތުރު ދައުވާތަކެއރައީސް ޔާމީންގެ މައްޗަށް އުފުލައި، ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ.
One Response
ދައުވާ ކުރަނީ ފައިސާގެ ބޭނުމެއްގައެއްނޫން ހަމައެކަނި ރިޔާސީ ރޭހަށް ނިކުތުމުގެ ދޮރުބަންދުކުރުމަށް