ޑްރަގް ރިހެބިލިޓޭޝަން ފުރި ހަމަކުރި 32 ޤައިދީއަކު އާއިލާތަކާ ހަވާލުކޮށްފި

ޑްރަގް ރިހެބިލިޓޭޝަން ފުރި ހަމަކުރި 32 ޤައިދީއަކު އާއިލާތަކާ ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ސެޕްޓެމްބަރ 2022 08:56
0

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރިހަމަކުރި 32 ޤައިދީއަކީ ސަރުތުތަކަކާއެކު އެމީހުންގެ ޢާއިލާތަކާ ހަވާލުކޮށްފިއެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ މިޕްރޮގްރާމްގެ ބައިވެރިން 1 އަހަރު ދުވަހުގެ މުއްދަތައް ޝަރުތުކުރެވި މޮނިޓަރ ކުރެވެމުންދާނެކަމަށެވެ. ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ބައިވެރިން އާއިލާއާ ހަވާލުކުރުމުގެ ކުރިން މިނިސްޓް އޮފް ހޯމް އެފެއާޒް އިމްރާނާއި ކޮމިސަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހުކުމްކޮށްފައި ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ފުރަތަމަ ފަހަރަށް ތަޢާރަފްކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ކުރިއަށްގެންދާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖަލުގައި ތިބި ގައިދީންނަށް ޚާއްސަކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްފަހު މުޖުތަމައުއަށް ނިކުންނައިރު އެ ފަރާތްތަކުގެ ކުރިމަގު އުޖާލާވެގެން ދިއުމެވެ.

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށްދަނީ މައިގަނޑު 4 މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން، ރިސްކް އެސެސްމަންޓް އަދި އާފްޓަރކެއަރ ސަރވިސްއެވެ.

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ހިނގާ ކުށްތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުން މުޖުތަމައު ތެރެއިން ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.