ސޮނާކްޝީގެ ބޭބެގެ ފިލްމާއި އަރުޖުން ގުޅިއްޖެ

ސޮނާކްޝީގެ ބޭބެގެ ފިލްމާއި އަރުޖުން ގުޅިއްޖެ

Author
ފާތިމަތު ނާވީ
03 ސެޕްޓެމްބަރ 2022 08:37
0

ބަތަލާ ސޮނާކްޝީ ސިންހާގެ ބޭބެ ކުޝް ސިންހާ ޑައިރެކްޝަނަށް ނުކުންނަ ފިލްމު "ނިކިތާ ރޯއި: އެންޑް ދަ ބުކް އޮފް ޑާކްނެސް"ގެ ޓީމާ އެކްޓަރު އަރުޖުން ރާމްޕަލް ގުޅިއްޖެއެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާނީ ބަތަލާ ސޮނާކްޝީ ސިންހާއެވެ. މަޑުމަޑުން ކާސްޓް ރިވީލް ކުރަމުން އަންނަ ފިލްމުގެ ޝޫޓިން މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން އިނގިރޭސިވިލާތުގައި ކުރިއަށް ދާއިރުގައި ފިލްމުގެ ޓީމާ މިހާރު ވަނީ އަރުޖުން ގުޅިފައެވެ.

 

View this post on Instagram

 

A post shared by Love You Bhai (@arjun___rampal)

ފިލްމާ ގުޅޭ މާގިނަ މައުލުމާތެއް އަދި ހިއްސާ ކޮށްފައި ނުވި ނަމަވެސް ސޮނާކްޝީ ވަނީ އެ ފިލްމާއި ގުޅޭ ޕޯސްޓަރެއް މިދިއަ މަހުގެ ތެރޭގައި އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ޕޯސްޓަރުން ފެންނަ ގޮތުގައި ފިލްމަކީ ބިރުވެރި ފިލްމެކެވެ. އެއީ ޕޯސްޓްރުގެ ބެކް ޑްރޮޕާއި ސޮނާކްޝީ ފެންނަން ހުރި ގޮތުންނެވެ.

މިއީ ސޮނާކްޝީ އާއި އޭނާގެ ބޭބެ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އަދި ހަމަ އެހެންމެ މިއީ ހުޝް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ.

 

View this post on Instagram

 

A post shared by Kussh S Sinha (@kusshssinha)

ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ އާއި ޕޫނަމް ކައިވެނި ކޮށްގެން ލިބުނު ތިން ކުދިންގެ ތެރެއިން ކުޝް ސިންހާ އާއި ލަވް ސިންހާ އަކީ އެއްމާބަނޑު ދެބެންނެވެ. ދެން ހުނަނީ ސޮނާކްޝީއެވެ. ލަވް ސިންހާ އަކީ އެކްޓަރެއްގެ އިތުރުން ޕޮލިޓީޝަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.