އެކްޓަރު ކުނާލް ޑައިރެކްޓަރުގެ ގޮނޑިއަށް

އެކްޓަރު ކުނާލް ޑައިރެކްޓަރުގެ ގޮނޑިއަށް

Author
ފާތިމަތު ނާވީ
02 ސެޕްޓެމްބަރ 2022 09:03
0

އެކްޓަރު ކުނާލް ކޭމޫ ފިލްމެއް ޑައިރެކްޓް ކުރަން ނިންމާ އެކަން އިއުލާން ކޮށްްފިއެވެ.

އޭނާ ޑައިރެކްޓް ކުރާ ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ "މަދުގާއޯ އެކްސްޕްރެސް" އެވެ.

ފިލްމްގެ ޕޯސްޓަރުވެސް ދައްކާލައިފާ ވާއިރު މި ފިލްމަކީ ކުނާލް ލިޔެ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފާހަގަ ކޮއްލެވޭ ކަމަކީ ކުނާލްގެ އަންހެނުން އަދި ބަތަލާ ސޯހާ އަލީ ޚާން އަކީ މޮޅު ލިޔުން ތެރިއެކެެވެ. ސޯހާ ވަނީ ބައެއް ފޮތްތައް ލިޔެ ޕަބްލިޝްވެސް ކޮށްފައެވެ.

 

View this post on Instagram

 

A post shared by Kunal Kemmu (@kunalkemmu)

ފިލްމް އިއުލާން ކުރި ނަމަވެސް ފިލްމާ ބެހޭގޮތުން މާގިނަ މައުލޫމާތެއް އަދި ފިލްމުގެ ކާސްޓެއް ވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް ކުނާލް ބުނި ގޮތުގައި ޑައިރެކްޝަނަކީ އޭނާ ވަަރަށް ޝައުގުވެރިވާ ދާއިރާއެކެވެ.

ގިނައިން ފިލްމު ތަކުގެ ސަޕޯޓް ރޯލުތަކުން ފެންނަ ކުނާލް މިހާރު ފިލްމު ތަކުން ފެންނަލެއް ވެސް ވަރަށް މަދެވެެ. ހަަމަ އެފަދައިން އޭނާގެ އަންހެނުން ސޯހާވެސް މިހާރު ފިލްމެއް ނުކުޅެއެވެ. އަދި ދެމަފިރިންނަށް ވަނީ 2017 ވަނަ އަހަރުގައި އަންހެން ކުއަޖަކުވެސް ލިބިފައެވެ.

 

View this post on Instagram

 

A post shared by Soha (@sakpataudi)

އެކްޓަރ ސައިފް އަލީ ޚާންގެ ކޮއްކޮ ބަތަލާ ސޯހާ އަލީ ޚާންގެ ފިރިމީހާ ކުނާލް، 39، އެންމެ ފަހުން ފެނިގެންދިޔަ ފިލްމު ތަކަކީ "ލޫޓްކޭސް"، "މަލަންގް"، "ކަލަންކް" އަދި "ގޯލްމާލް އެގެއިން"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.