ފިލްމުތައް ފްލޮޕް ވުމުގެ ޒިންމާ ނަގާނަން: އަކްޝޭ

ފިލްމުތައް ފްލޮޕް ވުމުގެ ޒިންމާ ނަގާނަން: އަކްޝޭ

މި އަހަރު ރިލީޒް ކުރާ އަކްޝޭ ކުމާރުގެ 4 ވަނަ ފިލްމް "ކަޓްޕުތުލީ" އާމެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށް އޭނާ ބުނެފިއެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފިލްމު ރިލިޒް ކޮށްފައިވާ ތަރިއަކީ އަކްޝޭ ކުމާރެވެ. ނަމަވެސް މި އަހަރަކީ އަކްޝޭއަށް ވަރަށް ބަދުނަސީބު އަހަރެކެވެ. އޭނާގެ 3 ފިލްމެއް ސިނަމާއަށް އައިސްފައިވާއިރު 4 ވަނަ ފިލްމު ޕްރިމިއާ ކްރަނީ އޮންލައިން ޕްލެޓްފޯމެއްގައެވެ.

ސިނަމާގައި އެޅުވި އެއްވެސް ފިލްމެއް ކާމިޔާބެއް ނުވެއެވެ. ހުރިހާ ފިލްމެއްގައި ފްލޮޕް ބޯޑު އަޅުވައި ސިނަމާއިން ޖެހުނީ ނަގާށެވެ.

އަކްޝޭގެ ފިލްމުތައް ފްލޮޕް ވުމާއި ބެހޭގޮތުން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ފިލްމުތައް ފްލޮޕް ވުމުގެ ޒިންމާ އޭނާ ނަގާކަމަށެވެ.

އަކްޝޭގެ މިއަހަރުގެ ފުރަތަމަ ފިލްމް އަކީ "ޕްރިތުވީރާޖް" އެވެ. މި ފިލްމަކީ ރީތީގެ ރާނީ މަނޫޝީ ޗިއްލަރު ބޮލީވުޑަށް ތައާރަފްވި ފިލްމު ވެސް މެއެވެ. ނަމަވެސް ފިލްމު ބަލަން ވަންނާނެ ބަޔަކު ނުވެ ފިލްމު ޖެހުނީ ސިނަމާތަކުން ނަގާށެވެ.

އަހަރުގެ ދެވަނަ ފިލްމަކަށް އެޅުވީ ފިލްމު "ބަޗަން ޕާންޑޭ"އެވެ. އެ ފިލްމްގައި އަކްޝޭ ފެނިގެންދިޔައީ ކްރިތީ ސެނޮން އާއި އެކުގައެވެ. ނަމަވެސް ފިލްމަށް ބެލުންތެރިންގެ ޝައުގުވެރިކަމެއް ނުލިބުނެވެ.

ފެމެލީ ޑްރާމާ "ރަކްޝާ ބަންދަން" އަކީ އަކްޝޭގެ މިއަހަރުގެ 3 ވަނަ ފިލްމެވެ. ނަމަވެސް ކުރީ ދެފިލްމެކޭ އެއްފަދައިން އެ ފިލްމްވެސް ވީ ފްލޮޕެވެ.

މިހާރު އަކްޝޭ އަންނަނީ އަހަރުގެ 4 ވަނަ ފިލްމަށް ތައްޔާރުވަމުންނެވެ. އެއީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާ ކުރާ "ކަޓްޕުތްލީ"އެވެ. ފިލްމްގައި އަކްޝޭ އާއެކުގައި ފެނިގެންދާނީ ރަކުލް ޕްރީތު ސިންގްއެވެ.

ޑައިރެކްޓަރު ރަންޖިތު ތިވާރީގެ އެ ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ. ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާވެފައިވަނީ ފުރާވަރު އަންހެން ކުދިން މަރަމުންދާ މީހަކު ހޯދަން ޕޮލިސް ސަބް އިންސްޕެކްޓަރަކު ކުރާ މަސައްކަތްތަކެއްގެ މައްޗަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *