"އިމްލީ"ގެ ލީޑު ދެތަރިން ޝޯ އިން ވަކިވެއްޖެ

"އިމްލީ"ގެ ލީޑު ދެތަރިން ޝޯ އިން ވަކިވެއްޖެ

Author
ފާތިމަތު ނާވީ
01 ސެޕްޓެމްބަރ 2022 06:15
0

ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ މަޤުބޫލު އެއް ޝޯ ކަމުގައިވާ "އިމްލީ" ގެ ލީޑު ދެ ތަރިން ޝޯ އިން ވަކިވެއްޖެއެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެމީހުން ޝޯ އިން ވަކިވާން އުޅޭކަމުގެ އަޑުތަށް އައީ ވަރަށް ގަދަ ވަމުންނެވެ. މި ދެމީހުން ޝޯ އިން ވަކިވިކަން ވީޑިއޯއެއް މެދުވެރިކޮށް ވަނީ އިއުލާން ކޮށްފައެވެ.

 

View this post on Instagram

 

A post shared by Fahmaan Khan (@fahmaankhan)

އާއްމުކޮށްފައިވާ ވީޑިއޯގައި ޑްރާމާގެ ލީޑު ފިރިހެން ތަރި ފަހްމާން ޚާން ބުނެފައިވަނީ އޭނާގެ ފޭނުންނަށް ހަޤީޤަތް އެނގުން އެއީ ހައްޤުމިންވަރެއް ކަމަށާ މީސް މީޑިއާގައި ފެތުރެމުންދާ އަޑުތަކަކީ ސައްހަ އަޑުތަކެއް ކަމަށެވެ. އަދި ޝޯ ދޫކޮށްލަން ނިންމީ ޑްރާމާގެ ޕްރޮޑިއުސަރުން ބޮޑު ލީޕެއް ގެންނަން އުޅޭތީ ކަމަށް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Fahmaan Khan (@fahmaankhan)

"އިމްލީ"ގެ ރޯލު ކުޅޭ ސުމްބުލް ތައުގީރާއި އަރްޔާންގެ ރޯލުގައި އުޅޭ ފަހްމާން ޚާންގެ އޮންސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ވަރަށް ކަމުގޮސްފައެވެ. އެއާއެކުގައި އިމްލީ އަކީ އިންޑިއާގެ އެންމެ ގިނަބަޔަކު ބަލާ އެއް ޑްރާމާއެވެ. މީގެ އިތުރުން "އިމްލީ" ޑްރާމާ އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ޑްރާމާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.