މަޝްހޫރު ބަތަލާ ތައްބޫ ފެނިގެންދާ ފިލްމް "ކޫފިޔާ" ގެ ފަސްޓް ކުލް ދައްކާލައިފިއެވެ. ނެޓްފްލިކްސް އިން ގެެނެސްދޭ މި ފިލްމް އަކީ ސްޕައި ޑްރާމާއެކެވެ.
ލީޑުން ތައްބޫ ފެނުން ކަމުގައި ވިޔަސް ފިލްމުން ބޮލީވުޑްގެ މަޝްހޫރުު ތަރިން ކަމުގައިވާ އަލީ ފަޒަލް އާއި އަޝިޝް ވިދްޔާތީ އަދި ވަމިގާ ގައްބީ ވެސް ފެނިގެންދާނެއެވެ.
ފިލްމު ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ ވިޝާލް ބަރްދުވާޖެވެ. ނެޓްފްލިކްސް އިން ފިލްމުގެ ފަސްޓް ކުލް މިހާރު އާންމު ކޮށްފައި ވާއިރު ފިލްމު ޕްރިމިއާ ކުރާނެ ތާރީހް އާންމުކޮށްފައެއް ނުވެއެވެ.
ނަމަވެސް ވަރަށް އަވަހަށް ފިލްމު ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ. ތައްބޫ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ2″ އިންނެވެ.
މި ހަފްތާ ތެރޭގައި ތައްބޫ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތް ނިންމިކަން އިއުލާން ކޮށްފައެވެ. އެ ފިލްމް އަކީ އަޖޭ ދޭވްގަން އާއި އެކުގައި ފެނިގެންދާ ފިލްމް "ބޯލާ"އެވެ. މިއީ މި ދެތަރިން އެކުގައި ކުޅޭ 9 ވަނަ ފިލްމެވެ.
މި ފިލްމުގައި ތައްބޫ ފެނިގެންދާނީ ފުލުހުންގެ އޮފިސަރެއްގެ ރޯލުންނެވެ. މީގެ އިތުރުން ތައްބޫގެ އެކްޝަން މަންޒަރުތަކެއްވެސް ފިލްމުން ފެނިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ