ޕްލޭން އޭ ޕްލޭން ބީ ގެ ޓީޒާ ދައްކައިލައިފި

ޕްލޭން އޭ ޕްލޭން ބީ ގެ ޓީޒާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
31 އޮގަސްޓް 2022 08:52
0

ބޮލީވުޑްގައި ކޮމެޑި ރޯލުތަށް ކުޅުމަށް މަޝްހޫރު އެކްޓަރު ރިތޭޝް ދޭޝްމުކް އާއި ތަމަންނާ ބާޓީޔާގެ އަލަތު ފިލްމް "ޕްލޭން އޭ ޕްލޭން ބީ" ގެ ޓީޒާ ދައްކައިލައިފިއެވެ.

މި ފިލްމް އަކީ  ކައިވެނި ރޫޅިފައިވާ ގާނޫނީ ވަކީލަކާއި "މެޗް މޭކާ" އެއްގެ ދިރިއުޅުން ދައްކުވައިދޭ ކޮމެޑީ ފިލްމްއެކެވެ. ފިލްމްގެ ޓީޒާ އިންވެސް ފިލްމް ބެލުމަށް ވަރަށް ބޮޑަށް ޝައުގު އުފައްދައެވެ.

އަންނަ މަހުގެ 30ގައި ނެޓްފްލިކްސް އިން ޕްރިމިއާ ކުރާ މި ފިލްމް ޑައިރެކްޓް ކުރަނީ ޝަޝާންކް ގޯޝްއެވެ. ރިތޭޝް އާއި ތަމަންނާގެ އިތުރުން ފިލްމް އިން ކުޝާ ކަޕީލާ އަދި ޕޫނަމް ދިލޯން ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ތަމަންނާއަކީ ސައުތުގެ މަގުބޫލު ތަރިއެކެވެ. އަދި ސައުތުގެ މަޝްހޫރު އެތަސް ފިލްމް ތަކެއްގައި އޭނާ ވަނި މަސައްކަތް ކޮށްފައިއެވެ. ތަމަންނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޓެލުގޫ ފިލްމްއެއް ކަމުގައިވާ "އެފް3″ އިންނެވެ.

އަނެއްކޮޅުން ރިތޭޝް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ބާގީ 3″ އިންނެވެ. އެ ފިލްމްގައި އޭނާ ފެނިގެން ގޮސްފައިވަނީ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.