ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ބޮލީވުޑަށް ތައާރަފްވާ ފިލްމް "ގަލާ" ގެ ވީޑީއޯ ކޮޅެއް ދައްކާލައިފިއެވެ.
މިނިޓް އެއްހާ އިރުގެ ކުރު މި ވީޑިއޯ ކޮޅުގައި ބާބިލް ނުފެނެއެވެ. ނަމަވެސް މި ވީޑީއޯކޮޅު އިންސްޓަގްރާމްގައި ހިއްސާ ކުރަމުން އޭނާ ވަނީ އޭނާގެ ފޮޓޯއެއް ވެސް ދައްކާލައިފައެވެ. ބެލެވޭ ގޮތުގައި މިއީ އޭނާ ފިލްމްގައި ފެނިގެންދާ ގޮތުގެ ފޮޓޯއެކެވެ.
ބަތަލާ އަނުޝްކާ ޝަރުމާގެ އާއިލީ ފިލްމު ކުންފުނި، ކްލީން ސްލޭޓް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ނިންމާފައިވާ ފިލްމުގެ މި ވީޑިއޯކޮޅު ހާއްސަވެފައި އޮތީ "ގަލާ"ގެ ބަތަލާ ތުރިޕްތީ ދިމްރީއަށެވެ.
ޑައިރެކްޓަރު އަންވިތާ ދަތުގެ "ގަލާ" އިން ބާބިލް ބޮލީވުޑަށް ތައާރަފްވާއިރު އޭނާގެ އަތުގައި އިތުރު ޕްރޮޖެކްޓެއްވެސް އެބައޮތެވެ. އެއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އިއުލާންކޮށްފައިވާ އެ ސްޓޫޑިއޯގެ ފުރަތަމަ ވެބް ސީރީޒް "ދަ ރެއިލްވޭމެން"އެވެ.
2020 ވަނަ އަހަރު އެޕްރީލް 29 ގައި މަރުވި އިރުފާން ޚާނަކީ މަޝްހޫރު ގިނަ ފިލްްމުތަކެއް ކުޅެފައިވާ ކުޅަދާނާ، މޮޅު އެކްޓަރެކެވެ.
ކޮމެންޓު ފޮނުވާ