"ދި އާޗީސް" އަންނަ އަހަރު

"ދި އާޗީސް" އަންނަ އަހަރު

Author
ފާތިމަތު ނާވީ
31 އޮގަސްޓް 2022 08:22
0

ސްޓާ ކިޑުންތަކެއް ބޮލީވުޑް އަށް ތައާރަފްވާ ފިލްމް "ދަ އާޗީސް" އަންނަ އަހަރުގައި ސިނަމާތަކުގައި އެޅުވުމަށް ނިންމައިފިއެވެ.

މި ފިލްމް އިން ޝާހުރުކް ހާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހާންއާއި، ބަތަލާ ސްރީދޭވީ އަދި ޖާންވީ ކަޕޫރު ގެ ކޮއްކޮ ހުޝީ ކަޕޫރުގެ އިތުރުން އަމިތާބް ބަަޗަން ގެ ކާފަދަރިފުޅޫ އަގަސްތިޔާ ނަންދާ ބޮލީވުޑްއަށް ތައާރަފް ވާނެއެވެ.

މިފިލްމް އަކީ މިހާރު ޝޫޓިން ނިންމައި ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް ފިލްމްއެކެވެ.  ޒޯޔާ ވަނީ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ހުޅަނގުގެ މަޝްހޫރު އަދި އެހާމެ މަގުބޫލު ކޮމިކް ވާހަކަ ސީރީޒް އާޗީ ކޮމިކްސްގެ ސީއީއޯ ޖޮން ގޯލްޑްވޯޓާއާ އެކީ ނެޓްފްލިކްސް އަށް ދިން އިންޓަވިއުއެއްގައި ފިލްމް ރިލީޒް ކުރާނީ އަންނަ އަހަރުކަން އިއުލާން ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Tiger Baby (@tigerbabyofficial)

ޒޯޔާގެ ފިލްމު ކުންފުނި ޓައިގަ ބޭބީ އާއި ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ދި އާޗީސް" އަންނަ އަހަރު ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ޒޯޔާ އެންމެ ފަހުން ގެނެސްދިނީ 2019 ގެ ފިލްމް "ގަލީ ބޯއި" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.