އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ އަސްކަރީ ވަރުގަދަ އޮފިސަރު ފީލްޑް މާޝަލް ސޭމް މަނެކްޝޯ ނުވަތަ ސޭމް ބަހާދޫރުގެ ވާހަކަ ކިޔަދައިދޭ ފިލްމު "ސޭމް ބަހާދުރް" ގައި އިންދިރާގެ ރޯލު ކުޅުމަށް ފާތިމާ ސަނާ ޝެއިހް ސޮއިކޮށްފައި ވާކަަމަށް ޚަބަރުތައް ބުނެފިއެވެ.
ނެޝަނަލް އެވޯޑް ހޯދާފައިވާ ވިކީ ކޯޝަލްގެ ދަވަނަ ބަޔޮޕިކް ޑްރާމާ "ސޭމް ބަހާދުރް"ގެ ޑައިރެކްޓަރަކީ އޭނާ މުހިއްމު ރޯލެއް ކުޅުނު 2018ގެ "ރާޒީ"ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރުއެވެ.
އިންދިރާ ގާންދީ އަކީ އިންޑިއާގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާއެވެ. ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް 1984 އަހަރު އެކަމަނާ ވަނީ އަވަހާރަ ކޮށްލާފައެވެ.
"ސޭމް ބަހާދޫރް" ގައި ފާތިމާ އިންދިރާގެ ރޯލު ކުޅޭ އިރު، ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށް، ލީޑު ރޯލުކުޅޭ "އިމަޖެންސީ" ގައި އޭނަ ވެސް ކުޅެނީ އިންދިރާގެ ރޯލެވެ. ކަންގަނާގެ ފިލްމުގައި ސޭމްގެ ރޯލު ކުޅެނީ މިލިންދްއެވެ. މި ދެފިލްމުގައި ވެސް އެއްހަކަލަ ކެރެކްޓާތަކެއް ހިމެނޭ އިރުގައި ކަންގަނާގެ ފިލްމުގެ ފަސްޓް ލުކް ވެސް މިހާރުވަނީ ދައްކައިލާފައެވެ. އަދި ފިލްމަށް އަންނަނީ ވަރަށް ތައުރީފް ވެސް ލިބެމުންނެވެ.
The epic story of Independent India’s darkest hour.
As we commence shoot, sharing a glimpse of #Emergency#EmergencyFirstLookhttps://t.co/t14SjqyDEb#KanganaRanaut @nishantpitti #AkshtRanaut @writish @gvprakash @manojmuntashir pic.twitter.com/FsD0Hk3ixZ— Manikarnika Films Production (@ManikarnikaFP) July 14, 2022
"ސޭމް ބަހާދޫރް"ގެ ކާސްޓުގައި ވިކީ އާއި ފާތިމާގެ އިތުރުން ފާތިމާއާ އެކީ 2016 ގެ "ޑަންގަލް" އިން ބޮލީވުޑަށް ނުކުތް ސާނިއާ މަލްހޮތުރާ ވެސް ހިމެނެ އެވެ. އެހެން ކަމުން ދެ ބަތަލާއިން އެކުގައި ފެނިގެންދާ މިއީ ދެވަނަ ފިލްމެވެ.
ކޮމެންޓު ފޮނުވާ