"އިމަޖެންސީ"ގެ ރޯލެއް މަހިމާއަށް

"އިމަޖެންސީ"ގެ ރޯލެއް މަހިމާއަށް

Author
ފާތިމަތު ނާވީ
26 އޮގަސްޓް 2022 07:48
0

ތަފާތު ޗެލެންޖިން ރޯލުތަށް ކުޅުމަށް މަޝްހޫރު އެކްޓްރެސް ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ" ގެ ރޯލެއް ކުރީގެ ބަތަލާ މަހިމާ އަށް ލިބިއްޖެއެވެ.

މި ފިލްމަކީ އިންޑިއާގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އިންދިރާ ގާންދީގެ ވެރިކަމުގައި ސިޔާސީ ގޮތުން އުފެދުނު ހަލަބޮލިކަމާއި އިއުލާންކުރި އިމަޖެންސީއާ ހެދި ދިމާވި ކަންކަމަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި ފިލްމްގައި މަހިމާ ފެނިގެންދާ ގޮތުގެ ޕޯސްޓަރެއްވެސް މިހާރު ވަނީ ދައްކާލައިފައެވެ. މަހިމާ މި ފިލްމަށް ސޮއިކުރީ ކުރީގެ މަޝްހޫރު އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޕުޕުލް ޖަޔާކަރްގެ ރޯލަށެވެ.

 

View this post on Instagram

 

A post shared by Anupam Kher (@anupampkher)

މަހިމާގެ އިތުރުން މަޝްހޫރު އެކްޓަރު އަނުޕާމް ކޭރްވެސް މިފިލްމުން ފެނިގެންދާނެއެވެ. ތަޖުރިބާކާރު އެކްޓަރު އަނުޕާމް އެ ފިލްމުގައި ކުޅޭނީ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ސަރުކާރާ ދެކޮޅަށް މުހިއްމު ރޯލެއް އަދާކުރި ޖަޔަޕްރަކާޝް ނަރާޔަންގެ ރޯލެވެ.

މީގެ އިތުރުން ހެއްވާ މަޖާ ބައިތަށް ކުޅުމަށް މަޝްހޫރު އެކްޓައު ޝްރެޔަސް ތަޅްޕަޅޭވެސް ވަރަށް ސީރިއަށް ރޯލަކުން މި ފިލްމުން ފެނިގެންދާނެއެވެ. ފިލްމުގައި ޝްރެޔަސް ފެނިގެންދާނީ އަޓަލް ބިހާރީ ވަޖްޕާއީގެ ރޯލުންނެވެ. ވަޖްޕާއީ އަކީ އިންދިރާ ގާންދީގެ ދައުރުގައި އިދިކޮޅުގައި ހުންނަވައިގެން ސިޔާސީ ގޮތުން މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

"އިމަޖެންސީ" އަކީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓުވެސް ކުރާ ފިލްމެކެވެ. މިއީ ކަންގަނާގެ ދެވަނަ ޑައިރެކްޝަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.