ހިންމަފުށީގައި ހަމަނުޖެހުން އުފެއްދި ބަޔަކު ހައްޔަރު ކޮށްފި

ހިންމަފުށީގައި ހަމަނުޖެހުން އުފެއްދި ބަޔަކު ހައްޔަރު ކޮށްފި

Author
ހުސެއިން
21 އޮގަސްޓް 2022 05:52
0

ކ. ހިންމަފުށީގައި ހަމަ ނުޖެހުން ހިންގި 5 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ ރަށު ތެރޭގައި އަމަންކަން ނަގާލާ، އެރަށުގެ ގެސްޓް ހައުސްއަކަށް ގެންލުން ދިނުމުގެ ތުހުމަތުގައެވެ.

ފުލުހުންގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި އިއްޔެގެ މެންދުރު ފަހު 15:45 ގައި ހިންމަ ފުށީގެ ގެސްޓް ހައުސްއަކަށް ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމުގައެވެ.

އެމައްސަލާގައި ތުހުމަތު ކުރެވޭ، އުމުރުން 32 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ހާމަ ކޮށްފައި ވެއެވެ.

އޭގެ އިތުރަށް ފުލުހުން ހައްޔަރު ކޮށްފައިވަނީ ރޭ ދަންވަރު ރަށުތެރެގައި ހަމަނުޖެހުން ހިންގި ފަރާތްތަކެވެ. މި މީހުންނަކީ އުމުރުން 27 އަހަރާއި، 29 އަހަރާއި 20 އަހަރުގެ 3 މީހެކެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގުގީގް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.