ދެބީނާ އާއި ގުރުމީތަށް ދެވަނަ ދަރިއަކު ލިބެނީ!

ދެބީނާ އާއި ގުރުމީތަށް ދެވަނަ ދަރިއަކު ލިބެނީ!

Author
ފާތިމަތު ނާވީ
20 އޮގަސްޓް 2022 04:27
0

ސިލްސިލާ ޑްރާމާ ތަކުން މަޝްހޫރުކަން ހޯދާފައިވާ ދެ ތަރިން ކަމުގައިވާ ދެބީނާ ބޮނަރްޖީ އާއި ގުރްމީތު ޗޯދްރީއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ.

ދެބީނާ ސޯޝަލް މީޑިއާގައި މިކަން އިއުލާން ކޮށްފައިވަނީ އަންގާރަ ދުވަހު ހިއްސާ ކުރި ފޮޓޯއަކާ އެކުގައެވެ. އެއާއިލާއަށް އިތުރު މެމްބަރަކު އަންނަން އުޅޭކަމަށް އެ ޕޯސްޓްގައި އޭނާވަނި ބުނެފައިއެވެ.

ދެބީނާ އާއި ގުރްމީތު ކައިވެނި ކުރީ 2011 ވަނަ އަހަރުއެވެ. ކައިވެންޏަށް 11 އަހަރުގައި އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބުނީ އޭޕްރިލް މަހުގެ ތެރޭގައެވެ.

 

View this post on Instagram

 

A post shared by Debina Bonnerjee (@debinabon)

އަަލަތު ދަރިފުޅަށް 4 މަހުގައި ދެބީނާ ދެވަނަ ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން ބައެއް މީހުން އަންނަނީ ފާޑުވެސް ކިޔަމުންނެވެ. އެމީހުން ބުނެފައިވަނީ ދަރިފުޅު އެހާ ކުޑައިރު ކުއްޖަކު ހޯދުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށެވެ.

ނަމަވެސް ގިނަ ބަޔަކު ވަނީ އެމީހުންނަށް މަރުހަބާ ކިޔާ ކޮމެންޓް ކޮށްފައެވެ. ގުރުމީތާއި ދެބީނާ އަންނަނީ ޔޫޓިއުބް ޗެނަލްއެއް ވެސް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކައިދާ
ޔޫޓިއުބް ޗެނެލް އެއް ނުހިންގާ މީހަކު މިހާރު މަދު