28 އަަހަރު ފަހުން "މޭ ކިލާޅީ ތޫ އަނާޅީ" އަކްޝޭ ރި-ކްރިއޭޓް ކޮށްފި

28 އަަހަރު ފަހުން "މޭ ކިލާޅީ ތޫ އަނާޅީ" އަކްޝޭ ރި-ކްރިއޭޓް ކޮށްފި

Author
ފާތިމަތު ނާވީ
19 އޮގަސްޓް 2022 06:17
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ ވަރަށް މަޝްހޫރު ލަވައެއް ކަމުގައިވާ "މޭ ކިލާޅީ ތޫ އަނާޅީ" 28 އަހަރު ފަހުން ރި-ކްރިއޭޓް ކޮށްފިއެވެ.

މި ލަވަ އަކީ  "މޭ ކިލާޅީ ތޫ އަނާޅީ" ނަމުގައައި 1994 ވަނަ އަހަރު އުފެއްދި ފިލްމުގެ ލަަވައެކެވެ. ވަރަށް ފޯރިގަދަ ނެށުންތަކަކާއި އެކު މި ލަވާގައި ފެނިގެން ދިޔައީ ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރެވެ.

"މޭ ކިލާޅީ ތޫ އަނާޅީ" މި ވަނީ އޭގެ 28 އަހަރު ފަހުން އަކްޝޭ ރި-ކްރިއޭޓް ކޮށްފައެވެ. ނަމަވެސް މި ފަހަރުގެ ލަވާގައި ފެނިގެންދާނީ އަކްޝޭ އާއި އެކުގައި އިމްރާން ހާޝިމީއެވެ.

މީއީ އަކްޝޭ ކުމާރާއި އިމްރާން ހާޝިމީ އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ސެލްފީ" ގައި ހިމަނާފައިވާ ލަވައެކެވެ. އަކްޝޭ ވަނީ އިންސްޓަގްރާމްގައި ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. ބެލެވޭ ގޮތުގައި ފުރަތަމަ ލަވަ ފަދައިން މި ލަވަ ވެސް ވަރަށް ފޯރިގަދަ ވާނެއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނާއި އަކްޝޭގެ ފިލްމު ކުންފުނި، ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން ހަދާ ފިލްމު "ސެލްފީ"ގެ ޑައިރެކްޓަރަކީ އަކްޝޭގެ 2019ގެ "ގުޑް ނިއުސް" ޑައިރެކްޓްކުރި ރާޖް މެހެތާ އެވެ. އެ ފިލްމަކީ ވެސް ދަރްމާއިން ގެނެސްދިން ފިލްމެކެވެ.

 

View this post on Instagram

 

A post shared by Emraan Hashmi (@therealemraan)

މިއީ ކަރަން ޕްރޮޑިއުސްކުރާ ފިލްމެއްގައި އިމްރާން މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ދަރްމާ ޕްރޮޑަކްޝަނުން 2014 ގައި ގެނެސްދިން ޑައިރެކްޓަރު ރެންސިލް ޑި ސިލްވާގެ "އުނގްލީ" އަކީ އިމްރާން މުހިންމު ރޯލެއް ކުޅުނު ފިލްމެކެވެ.

އޭނާ އާއި އަކްޝޭ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ސެލްފީ" ގައި ކިޔައިދޭނީ ފުލުހަކާއި ފިލްމީ ތަރިއެއްގެ ވާހަކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.