ފޮޓޯއަކާއި އެކުގައި ބިޕާޝާ ބަނޑުބޮޑުކަން އިއުލާން ކޮށްފި

ފޮޓޯއަކާއި އެކުގައި ބިޕާޝާ ބަނޑުބޮޑުކަން އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
17 އޮގަސްޓް 2022 06:28
0

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ބަނޑުބޮޑުކަމަށް ބުނެ ބޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓް ކޮށްފައިއެވެ.

ނަމަވެސް މި ހަބަރާއި ގުޅިގެން އެމީހުންގެ ފަރާތުން އެއްވެސް އިޖާބައެއް ދީފައިއެއް ނުވެއެވެ. ނަމަވެސް މީޑީއާ ރިޕޯޓުތަށް ވަނީ އެއީ ތެދެއްކަމަށްބުނެ ހަބަރު ގެެނެސްދީފައިއެވެ.

މިއަދުގެ ވަގުތެއްގައި ބިޕާޝާ ވަނީ އޭނާގެ އިންސްތަގްރާމައގައި ބަނޑު ފެންނަ ގޮތަށް ނަގާފައި ހުރި ފޮޓޯތަކެއް ހިއްސާ ކޮށްފައިއެވެ. އަދި އެމީޙުންނަށް ދަރިއަކު ލިބެން އުޅޭ ކަމަށް ވެސް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by bipashabasusinghgrover (@bipashabasu)

ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުގައިއެވެ. އެމީހުން ބައްދަލުވީ ދެމީހުން އެކުގައި ކުޅުން ރޮމޭންޓީކް ބިރުވެރި ފިލްމް "އެލޯން" ގެ ސެޓުންނެވެ.

އެމީހުންގެ ކައިވެންޏަށް މިވީ 6 އަހަރު ތެރޭގައި އެކި ދުވަސްވަރު ބިޕާޝާ ބަނޑު ބޮޑު ކަމަށް ވަނީ ވަހަކަ ދެކެވިފައިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެއީ ދޮގު ހަބަރަކަށް ވެގެން ވާހަކަ ހިނދެނީއެވެ.

 

View this post on Instagram

 

A post shared by bipashabasusinghgrover (@bipashabasu)

43 އަހަރުގެ ބަތަލާ ކަރަން އާއި ކައިވެނި ކުރީ އަލަށް ކަމުގައި ވިޔަސް ކަރަން ވަނީ ބިޕާޝާ އާއި ކައިވެނި ކުރުމުގެ ކުރިން އިތުރު ދެ މީހަކާ ކައިވެނިކޮށްފަ އެވެ.

އެއީ 2008-2009 އަށް ޓީވީ ތަރި ޝްރައްދާ ނިގަމް އާއި 2012 އިން 2014 އަށް މަޝްހޫރު ޓީވީ ތަރި ޖެނިފާ ވިންގެޓްއާ އެވެ. އެކަމަކު އެ އިން އެއްވެސް ކައިވެންޏަކަށް ކަރަން އަށް ދަރިއަކު ނުލިބެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.