ރާކީ ލޯބިވެރިޔާއާ އެކުގައި ލަވައެއް ކުޅެނީ

ރާކީ ލޯބިވެރިޔާއާ އެކުގައި ލަވައެއް ކުޅެނީ

Author
ފާތިމަތު ނާވީ
14 އޮގަސްޓް 2022 07:58
0

"ޑްރާމާ ކްއީން" ގެ ގޮތުގައި މަޝްހޫރު ބޮލީވުޑްގެ ތަރި ރާކީ ސާވަންތު އޭނާގެ ލޯބިވެރިޔާ، ވިޔަފާރިވެރިއެއް ކަމުގައިވާ އާދިލް ޚާނާ އެކުގައި ވީޑީއޯ ލަވައެއް ކުޅުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮންމެ ކަމަކާއިވެސް ބެހޭ ރާކީ އަކި ވަރަށް މީޑިއާއާ ރައްޓެހި ތަރިއެކެވެ. މިހާރު ކެރިއަރު ހަލާކުވެފައިވާ ރާކީ އަބަދުވެސް ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައެވެ. އަދި ޕަޕަރާޒީންވެސް އޭނާގެ ފަހަތުން އަބަދު އުޅެއެވެ.

ބައެއް މަޝްހޫރު އައިޓަމް ސޯންގްތައް ކުޅެފައިވާ ރާކީ އަކީ ނެށުމުގެ ހުނަރު ހުރި ބަތަލާއެކެވެ. ކުޅޭނެ ފިލްމްއެއް ނުލިބުމުގެ ސަބަބުން ބޮލީވުޑާ ފެޔަށް ޖެހި އޭނާ ވަނީ ރިއަލިޓީ ޝޯ ތަކުގައިވެސް ބައިވެރިވެފައެވެ.

 

View this post on Instagram

 

A post shared by Mirchi Plus (@mirchiplus)

ރާކީގެ ހަޔާތަށް އާދިލް އައީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ. ދެ މީހުން އެކުގައި ފުރަތަމަ ފަހަރަށް މިއުޒިކް ވީޑިއޯއަކުން ފެންނާނެކަން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އަދި ލަވައާ ގުޅޭގޮތުން ރާކީ ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

މިއީ ރާކީގެ ލޯބިވެރިޔާ ލަވައަކުން ފެންނަ ފުރަތަމަ ފަހަރެވެ. އާދިލް އަކީ ރާކީގެ ވަރަށް ކުރީއްސުރެ ދައްނަ ރަހުމަތެރިއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.