ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ނިޝާންގެ ބަންދުގެ މުއްދަތު ތިން ފަހަރަށްވެސް އިތުރުކުރީ ރަނގަޅަށްކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ޔޯގާ މައްސަލައިގައި ޝެއިހް ނިޝާން ހައްޔަރުކޮށްފައި ވަނީ ދަރިފުޅު ގޮވައިގެން ނަމާދަށް ދަނިކޮށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު އޭގެ ފަހުން ވަނީ ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ. ޝައިހް ނިޝާން ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު މިމަހުގެ 7ގައެވެ.
ޝައިޚް ނިޝަން ބަންދުގައި ބެހެއްޓުމަށް ތިން ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން ކުރި ޢަމުރު ނިޗާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރިއެވެ. އެ މައްސަލާގައި ހައިކޯތުން ކުރި ހުކުމުގައި ބުނީ ނިޝާންގެ މައްޗަށް ތުހުމަތެއް ކުރެވޭ ކޮންމެވެސް މިންވަރުގެ ހެކި ހުށަހަޅާފައިވާކަމަށެވެ.
ޝައިޚް ނިޝާންގެ ބަންދު މުއްދަތު އިތުރުކުރިއިރު އާ ހެކިތަކެއް ފުލުހުން ހުށަހަޅާފައިވާ ކަމަށްވެސް ޙުކުމުގައިވެއެވެ. އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި އިތުރު ހެކިވެސް ހިމެނޭ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ޝައިހް ނިޝާންގެ އިތުރުން ޝައިހް ފަޒްލޫން މުހައްމަދު ވެސް އެ މައްސަލާގައި ކުރިން ހައްޔަރުކުރިއެވެ. އޭނާ ކުރިން ވަނީ ދޫކޮށްލައިފައެވެ. އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
One Response
ތިޔައީ ތިން ފަހަރެއް ނޫން އަބަދަށް ދާއިމަށް ބަންދު ކުރަންޖެހޭ ބަޔެކެވެ. ތާއަބަދު ފިތުނަ އުފެއްދުމާއި ޚަވާރިޖް ފިކުރު ފެތުރުން ނޫންކަމެއް މިމީހުންގެ ނޯވެއެވެ. އަސްލު ކާފަރުންނަށް ވުރެން މިމީހުންގެ ނުރައްކާ އިސްލާމީ އުއްމަތަށް މާބޮޑެވެ. ﷲ މިމީހުން ބޭޒާރު ކުރައްވާ ބަލިކުރައްވާ ނިކަމެތި ކުރައްވާނދޭވެ. އާމީން