"ބޯލާ" ގެ ޝޫޓިންގައި ތާބޫއަށް އަނިޔާވެއްޖެ

"ބޯލާ" ގެ ޝޫޓިންގައި ތާބޫއަށް އަނިޔާވެއްޖެ

Author
ފާތިމަތު ނާވީ
13 އޮގަސްޓް 2022 05:02
0

ބޮލީވުޑްގެ އެކްޓަރެސް ތާބޫ މިހާރު އަންނަނީ އަޖޭ ދޭވްގަންގެ އެކްޝަން ފިލްމް "ބޯލާ"ގެ ޝޫޓިންގައި ހައިދަރްއާބާދް ގައި ހަރަކާތް ތެރިވަމުންނެވެ.

މި ފިލްމް ގައި ތާބޫ ކުޅެނީ ފުލުސް އޮފިސަރެއްގެ ރޯލެެވެ. އަދި މި ފިލްމް އަކީ ގިނަ އެކްޝަން މަންޒަރު ތަކަކުން ތާބޫ ފެންނާނެ ފިލްމްއެއް ވެސްމެއެވެ.

 

View this post on Instagram

 

A post shared by Tabu (@tabutiful)

ފިލްމް ގެ ޝޫޓިންގައި ތާބޫ ނަގަމުން ދިއަ އެކްޝަން މަންޒަރަކުން އޭނާ އަށް ވަނީ އަނިޔާ ލިބިފައިއެވެ. ފިލްމް ސެޓުން ވާހަކަ ދެއްކި މީހެއް ބުނި ގޮތުގައި ތާބޫގެ ކަނާތު ލޯ މަތިން ވަނީ ހަލާކު ވެފައިއެވެ. އަދި ލޭވެސް އައި ކަމަށް އެމީހާ ބުނެއެވެ.

"އެ މަންޒަރުގަ ތަބޫ މޭމް ދިއައީ ޖިޕްއެއްގައި ސައިކަލް ތަކެއްގައި ދިއަ ބަޔަކު ޗޭސް ކުރަމުން. ޖަންގަލި ތެރޭ ދުއްވާފައި ދުއްވާފައި. އެތަނުން ސައިކަލެއް ކަހައިލައިގެން އައިސް ޖިޕްގަ ޖެހުނީ. އެ ސައިކަލް އައިލެއް ބާރުކަމުން ޖިޕްގެ ބިއްލޫރި ގަނޑު ތަޅައިގެން ގޮސް ބުރި އެތިކޮޅެއް ތާބޫ މޭމް ގެ ކަނާތު ލޯ މަތީ ޖެހުނީ"

އެއާއި އެކުގައި ޝޫޓިން މެދުނަޑައިލާ އަވަހަށް ތާބޫއަށް އެހީވުމަށް މީހުންތަށް ދިއަ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ. މެޑިކަލް ޓީމް އެއް އޭރު ސެޓުގައި އޮތުމުގެ ސަބަބުން ވަރަށް އަވަހަށް ފަރުވާ ދިން ކަމަށް އޭނާ ބުނެފައިއެވެ. އަދި އެއީ އެހާ ބޮޑު އެންޖަރީ އެއް ނޫން ކަމަށްވެސް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Tabu (@tabutiful)

50 އަހަރުގެ ތާބޫ ވަނީ ކާމިޔާބު އެތަށް ފިލްމްއެއްގައި މަސައްކަތް ކޯށްފައިއެވެ. ނެޝެނަލް އެވޯޑް ހޯދައިފާ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކާމިޔާބު ފިލްމް "ބޫލް ބުލައްޔާ 2″ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.