އިހަވަންދޫ ބަނދަރު މަޝްރޫޢު ނިމުމަކާ ގާތަށް

އިހަވަންދޫ ބަނދަރު މަޝްރޫޢު ނިމުމަކާ ގާތަށް

Author
މުޙައްމަދު ޖިމީ
10 އޮގަސްޓް 2022 12:47
0

ހއ.އިހަވަންދޫގައި ސަރުކާރުން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތްވެެއްޖެއެވެ. އެ މަސައްކަތުގެ ކޮންޓެކްޓަރ އެމްޓީސީސީން ބުނީ އިހަވަންދޫ ބަނދަރުގެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ބޭރު ތޮށި ލުމުގެ މަަަސައްކަތްވެސް އެއްކޮށް ނިމިފައިވާކަމަށް އެކުންފުނިން ބުންޏެވެ.

އިހަވަންދޫ ބަނދަރު މަޝްރޫޢުގައި 30509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި 4582 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 59.07 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.