ބޮލީވުޑްގެ އެކްތަރު އަކްޝޭ ކުމާރު އަތް ކުރިއޮޅާލައިފައި ހުރީ މިއަހަރު ނެރޭ އޭނާގެ 3 ވަނަ ފިލްމްއަށެވެ. އެއީ މާދަމާ ރިލީޒް ކުރާ ފިލްމް "ރަކްޝާ ބަންދަން" އެވެ.
"ރަކްޝާ ބަންދަން" އަކީ ހަތަރު އަންހެން ކޮއްކޮއިންގެ ވާހަކަ ކިޔައިދޭ ވަރަށް ޖަޒުބާތީ ފިލްމަކަށް ވާނެ އެވެ. މި ފެމެލީ ޑްރާމާ އަކީ އަކްޝޭ އާއި ބޫމީ އެކީގައި ކުޅުނު 2017 ގެ ކާމިޔާބު ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ކާތާ" އަށް ފަހު ދެތަރިން އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.
މި ފިލްމްގެ ތަރިން މިހާރު އަންނަނީ ފިލްމްގެ ޕްރޮމޯޝަންތަށް އިވެންޓް ތަށް ބާއްވަމުންނެވެ. އެގޮތުން އިވެންޓެއްގަިއ ވާހަކަދައްކަމުން އަކްޝޭ ބުނެފައިވަނީ އޭނާ މަސައްކަތް ކުރާ އަށް ގަޑި އިރާއި އެހެން ތަރިން މަސައްކަތް ކުރާ 14-15 ގަޑިއިރާއި އެއްވަރު ކަމަށެވެ.
"އަަހަރެންގެ މިއަހަރުގެ 3 ވަނަ ފިލްމް މީ. މީހުން އަބަދުވެސް ބުނޭ ތަންކޮޅެއް ސްލޯކޮން ގެންދަން. އެކަމަކު އަހަރެން މި މަސައްކަތް ފެށި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދާގޮތަށް އެއްވެސް ބަދަލެއް ނުގެންނަށް."
އީ ޓައިމް އާއި ވާހަކަ ދައްކަމުން އަކްޝޭ ބުނީ އެތަރިއެއް ފިލްްމް ކޫޅޭނެ ވަރު ކަނޑއަޅާނީ އެތަރިއެއް ކަމަށެވެ. ބައެއް ސްޓާރުންނަށް އަހަރު އެއް ފިލްމް ކުޅެވުމަކީ އޭނާގެ މަސައްކތް އެގޮތަށް ކުރިއަށް ގެންދަން ޖެހޭ ސަބަބެއް ނޫންކަމަށް އޭނާ ބުނެއެވެ.
"އެހެން ތަރިންނެކޭ އެއްގޮތަށް އަހަރެންވެސް އޮފްދުވަސްތަށް ނަގަން. އާދިއްތަ ދުވަހު މަސައްކަތެއްނުކުރަން. ހޮނިހިރު ދުވަހަކީ ބައި ދުވަހެއް. އެހެން ވެސް ހޮލިޑޭ ތަކުގައި މަސައްކަތެއް ނުކުރަން. އާއިލާ އާއި އެކުގައި ވަގުތު ހޭދަކުރަން. އެކަމަކު އަހަރެން ސެޓުގައި ހޭދަވާ 8 ގަޑިއިރު އެއީ މަސައްކަތު ގަޑި. އަހަރެން އެ 8 ގަޑިއިރުގެ ތެރޭގައި ވެނިޓީގައި ނުހުންނާނެ. އަބަދުވެސް ސެޓުގައި ހުންނާނީ. އަރާމެއް ނުކުރާނެ. ސެޓުން އަހަރެއް ފެންނާނި. އެހެންވެ މި ބުނަނީ އަހަރެންގެ 8 ގަޑީއިރާ އެހެން މީހުންގެ 14 ނުވަތަ 15 ގަޑިއިރާއި އެއްވަރު ވާނޭ."
އަކްޝޭގެ މި ވާހަކަ ތަކަށް ފިލްމް ގެ ޑައިރެކްތަރި އާނަންދުވެސް އެއްބަސް ވެއެވެ. އަކްޝޭ އަކީ އެހެންތަރިންނާއި ތަފާތުކޮށް އޭނާގެ ދިރިއުޅުން ބައްޓަން ކޮށްފައިވާ ތަރިއެއް ކަމަށް އއަބަދުވެސް މަޝްހޫރު ތަރިއެކެވެ.
އެގޮތުން ފަތިހު 4 ޖަހާއިރުގައި އޭނާ ހޭލައެވެ. ޕާޓީ ތަކަށް ދިއުމަކީ އެއްގޮތަކަށްވެސް ކުރާ ކަމެއް ނޫނެވެ. އެންމެ ލަސްވެގެން 9 ޖަހާއިރު ނިދައެވެ.