އަނެއްކާވެސް އިތުރު ތިން ސްޓާ ކިޑެއް ބޮލީވުޑްއަށް

އަނެއްކާވެސް އިތުރު ތިން ސްޓާ ކިޑެއް ބޮލީވުޑްއަށް

Author
ފާތިމަތު ނާވީ
09 އޮގަސްޓް 2022 04:29
0

ބޮލިވުޑްގެ ކުރީގެ ތަރިންގެ ދަރިން ބޮލީވުޑަށް ނުކުންނަމުން އަންނަ އިރު، ވަރަށް އަވަހަށް 3 ސްޓާ ކިޑެއްގެ ފިލްމެއް ބެލުންތެރިންނަށް ފެނިގެންނާނެއެވެ.

އެއީ ޝާހުރުކް ޚާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާއާއި، ޝްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރު އާއި އަމީތާބް ބަޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ ބޮލިވުޑަށް ތާރަފްވާ ފިލްމު، ޒޯޔާ އަހްރަތްގެ "އާޗީ"އެވެ. ފިލްމްގެ މަސައްކަތް މިހާރު އޮތީ ވަރަށް ބޮޑަށް ނިމިފައެވެ.

ކުރީގެ ތަރިންގެ ދަރިން ބޮލީވުޑަށް މަޑުމަޑުން ދޭރެތެ ދޭތެރެއިން ނުކުންނަމުން އަންނަ އިރުގައި އަނެއްކައިވެސް އިތުރު ތިން ކުއްޖެއް ބޮލީވުޑަށް ނުކުންނަ އުޅޭކަމަށް ޚަބަރުތަށް ބުނެފިއެވެ.

އެއީ ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރަހީމް އަލީ ޚާނާއި، މާދުރީ ޑިކްސިޓްގެ ދޮށީ ފިރިހެންދަރިފުޅު އަރިން ނޭނޭ އާއި މަލައިކާ އަރޯރާއާއި އަރްބާޒްގެ ޚާންގެ ދަރިފުޅު އަރްހާން ޚާނެވެ.

 

View this post on Instagram

 

A post shared by Arhaan Khan (@iamarhaankhan)

މި ތިން ކުދިން ވެސް އަންނަނީ ކެމެރާގެ ފުރަގަހުގައި މިހާރު މަސައްކަތް ކުރަމުނެވެ. އެއީ ބޮލީވުޑްގެ ނުފޫޒުގަދަ ޑައިރެކްޓަރު ކަރަން ޖީހަރު ޑައިރެކްޓް ކުރާ ފިލްމް  "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައިއެވެ.

މީގެ ކުރިން ބޮލީވުޑަށް ނުކުމެފައިވާ ސްޓާ ކިޑުންގެ ތެރެއިން މިހާރު ގިނަ ތަރިން އަންނަނީ އިންޑަސްޓީގައި ކާމިޔާބީތައް ހޯދަމުންނެވެ. އަދި ހަމަ އެހެންމެ އެމީހުން އަންނަނީ ނަން މަޝްހޫރު ބޮލީވުޑްގެ ތަރިނާއި ޑައިރެކްޓަރުންނާ އެކުގައި މަސައްކަތް ކުރަމުންނެވެ. އެހެންވެ މިތަރިންނާއި މެދުގައި ކުރެވޭ އުންމީދުވެސް ވަރަށް ބޮޑެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.