ޝާހިދަށް އަނެއްކާ ވެސް ރިމޭކެއް

ޝާހިދަށް އަނެއްކާ ވެސް ރިމޭކެއް

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރަށް އަނެއްކާ ވެސް ރިމޭކެއް ލިބިއްޖެއެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް "ބްލަޑީ ޑެޑީ" އަކީ ވެސް ރިމޭކެކެވެ. މިއީ 2011 ގެ ފްރާންސްގެ ފިލްމު ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓް)ގެ ރިމޭކެކެވެ.  ބޮޑުބައި ދުބާއީގައި ޝޫޓް ކޮށްފައިވާ، އަލީ އައްބާސް ޒަފަރުގެ މި ޑައިރެކްޝަން ރިލީޒްކުރާނީ ސްޓްރީމިން ޕްލެޓްފޯމަކުންނެވެ.

އޭނާ އެންމެ ފަހުގެ ފިލްމް "ޖާޒީ" އަކީ ހަމަ އެނަމުގައި 2019 ވަނަ އަހަރު ގެނެސްދިން ތެލުގޫ ފިލްމްއެކެވެ. މި ފިލްމް އަށް މާބޮޑު ކާމިޔާބެއް ނުލިބެއެބެ. ނަަމެސް ތެލުގޫ ފިލްމް އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމްއެކެވެ.

"ޖާޒީ" ކުރިން ޝާހުދު ކުޅުނު ފިލްމް އަކީ 2019 ވަނަ އަހަރު ގެނެސްދިން "ކަބީރް ސިންގް" އެވެ. މި ފިލްމް އަކީ ސައުތުގެ ވަރަށް ކާމިޔާބު ފިލްްމެއް ކަމަށްވާ "އަރުޖުން ރެޑީ" ގެ ރިމޭކެކެވެ. ހަމަ އެފަދައިން "ކަބީރް ސިންގް" އަކީ ވެސް ވަރަށް ކާމިޔާބު ފިލްމްއެކެވެ.

ޝާހިދު މިހާރު އިއުލާން ކުރި ރިމޭކް އަކީ 2013 ގެ މަލަޔާޅަމް ސައިކޮލިޖިކަލް ތުރިލާ "މުމްބާއީ ޕޮލިސް" އެވެ.  މި ފިލްމް ޝާހިދު ކުޅޭއިރުގައި ފިލްމް ޑައިރެކްޓް ކުރާނީ އޮރިޖިނަލް ފިލްމް ގެ ޑައިރެކްޓަރު  ރޮޝަން އެންޑްރޫސް އެވެ. އަދި މި ފިލްްމް އަކީ އޭނާ ޑައިރެކްޓުކުރާ ފުރަތަމަ ހިންދީ ފިލްމެވެ.

"މުމްބާއީ ޕޮލިސް" ގެ ރިމޭކް ހެދުމުގެ މަސައްކަތް ކުރާނީ ސިދާތް ރޯއީ ކަޕޫރެވެ. ފިލްމަކާއިބެހޭގޮތުން ޝާހިދާއި ސިދާތް ވާހަކަ ދައްކަމުން އަންނަތާ ދުވަސްގަނޑެއް ވެއްޖެއެވެ.

ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ޝާހިދު ގެ ގިނަ ޕްރޮޖެކްތް ތަކެއް ކުރިއަށް އެބަހުއްޓެވެ. ބޮޑެތި ފިލްމް ގެ އިތުރުން އޭނާ އަންނަނީ ރާޖް އެންޑް ޑީކޭގެ ވެބް ސީރީޒް "ފަރްޒީ" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *