ރިޗާ އާއި އަލީގެ ކައިވެނި ސެޕްޓެމްބަރުގައި

ރިޗާ އާއި އަލީގެ ކައިވެނި ސެޕްޓެމްބަރުގައި

Author
ފާތިމަތު ނާވީ
07 އޮގަސްޓް 2022 09:49
0

ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާގެ ކައިވެނި މިއަހަރުގެ ސެޕްޓެމްބަރުގައި ބާއްވަނެ ކަމަށް ރިޕޯޓަށް ބުނެފިއެވެ.

2020 ވަނަ އަހަރުވެސް ކައިވެންޏަށް ތައްޔާރުވަމުން ދިއަ ދެތަރިން އެ އަހަރުގައި ކައިވެނި ނުކުރީ ކޯވިޑްގެ ސަބަބުންނެވެ. ނަމެވެސް މިހާރު މިދެތަރިން ކައިވެނި ދެފަހަރެއްގެ މަތިން ލަސްވި ނަމަވެސް އިތުރަށް ލަސް ނުކުރާނެ ކަމަށް ޚަބަރުތަށް ބުނެއެވެ.

އަލީ އާއި ރިޗާ ދިމާވީ 2012 ވަނަ އަހަރު، "ފުކްރޭ" ގެ ސެޓުންނެވެ. 7 އަހަރުގެ ދިގު މުއްދަތެއްގައި ރައްޓެހިވެގެން އުޅުނު ދެމީހުންގެ ކައިވެނި ސެޕްޓެމްބަރު މަހުގައި ކުރުމަށް ހަމަޖެހިފައިވާ އިރު ކައިވެނީގެ އެންމެ ފަހުގެ ތައްޔާރިތަށް އަންނަނީ ވަމުންނެވެ.

 

View this post on Instagram

 

A post shared by ali fazal (@alifazal9)

ސެޕްޓެމްބަރުމަހުގެ ފަހުކޮޅު ރިޗާ އާއި އަލީ ކައިވެނިކުރަން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެެ. ކައިވެންޏާ ގުޅޭ ދެ ހަފްލާ ބޭއްވުމަށް ނިންމާފައިވެއެވެ. އޭގެ ތެރެއިން އެއް ހަފްލާ އޮތީ މުމްބާއީގައެވެ.

ރިޗާ، 35، ބުނި ގޮތުގައި އަލީ، 35، ކައިވެންޏަށް ޕްރޮޕޯޒްކުރީ ދެ މީހުން އެކީގައި 2018 ގެ ތެރޭގައި ރާއްޖެއަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގައެވެ. ދެމީހުންގެ ފަރާތުން އަދި ރަސްމީކޮން މިކަން އިއުލާން ކޮށްފައި ނުވި ނަމަވެސް ރިޗާ ވަނީ މީގެ ކުރިން ކައިވެންޏަށް ތައޔާރުވިކަމަށް އެއްބަސްވެފައެވެ.

 

View this post on Instagram

 

A post shared by ali fazal (@alifazal9)

އިންޓަނޭޝަނަލް ޕްރޮޖެކްޓްތައް ވެސް ލިބޭ އަލީ ވަނީ ބޮލީވުޑްގެ ބައެއް ބޮޑެތި ފިލްމް ތަކުގައި މަސައްކަތް ކޮށްފައެވެ. ރިޗާ މިހާރު ދަނީ ފިލްމު "ފުކްރޭ 3″ގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.