ދިވެހިރާއްޖޭގެ އިގްތިސާދީ މިނިވަންކަން މިހާރު ނެތްކަމަށާއި، މިހާލަތުގަ ގައުމު އަބުރާ އަމާން އައްސޭރިއަކަށް ވާސިލް ކުރެވޭނީ އެންއެންޕީއަށާއި އެޕާޓީގެ ރައީސް ކާނަލް ނާޒިމްއަށް ކަމުގައި، އެމްއެންޕީގެ ނާއިބު ރައީސް އަދި މަޝްހޫރު ވިޔަފާރަ ވެރިޔާ ގްލޯރިއާ ހުސެއިން ވިދާޅުވެއްޖެއެވެ.
ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 2023ގެ ރިޔާސީ އިންތިޚާބުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބަލާއިރު، އެންމެ ގާބިލް ބޭފުޅެއްގެ ގޮތުގައި މިހާރު ހުރީ އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ކަމުގައެވެ. ހުސެއިން ވިދާޅުވި ގޮތުގައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވާ، އަދުލު އިންސާފު ގާއިމް ކޮށްދީ، ގައުމުގެ ސިޔާދަތު ހިފެހެއްޓޭނޭވަރުގެ ހަރުދަނާ އެހެން ލީޑަރެއް މިހާރު ސިޔާސީ މަސްރަހުގައި ނެތްކަމުގައެވެ.
Mi faharau Riyaasee inthihaabah kurimathilaan shaugu veri vi beyfulhun therey enme Qaabil beyfulhakee MNP Cola.nazim.@nazim7878 vahkamaai,corruption huttuvai,adhulu insaaf nizaam Qaaim koh ,Qaumuge siyaadhath hifahettey varuge kulhadhaan leader eh.
1/2— Hussain Ismail (@Hussain_jfm) August 5, 2022
އެމްއެންޕީގެ ނާއިބުރައީސްކަމަށް އާ ދައުރަކަށް އިންތިޚާބުވެފައިވާ ހުސެއިން އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ އިގްތިސާދު މިހާރުވަނީ ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ގޮސްފައި ކަމަށާއި، އަތުން ދޫވެ ގޮސްފައިވާ އިގްތިސާދު އަބުރާ ދިވެހިންނަށް ހޯއްދަވައިދެއްވޭނެ ހަަމައެކަނި ލީޑަރަކީ ކާނަލް ނާޒިމްކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ހަގީގީ ކުރިއެރުން ގެނެވެން އޮތީ އެމްއެންޕީ ވެރިކަމަށް އައިސްގެން ކަމުގައިވެސް ހުސެއިން ވިދާޅުވެފައި ވެއެވެ.
2023ގެ ރިޔާސީ އިންތިޚާބުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްކަމުގައި ހުސެއިން ވިދާޅުވެފައި ވާއިރު، ކުރިޔަށް އޮތް އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ވާދަކުރައްވާނޭކަމަށް ކާނަލް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މިވަގުތު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް ޕާޓީގެ ގޮތުގައި ފާހަގަވާ އޮތް އެއް ޕާޓީއަކީވެސް އެމްއެންޕީއެވެ. އަދި އެމްއެންޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް އެންމެ ހަންގު ޕާޓީކަމުގައި ވިނަމަވެސް، އެޕާޓީންދަނީ ގިނަ އިންތިޚާބުތަކެއްގައި ވާދަކޮށް ރަގަޅު ކާމިޔާބީތަކެއްވެސް ހާސިލް ކުރަމުންނެވެ.
މިގޮތުން ދާދިފަހުން އެޕާޓީންވަނީ، ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ބޮޑު ތަފާތަކުން ބަލިކޮށް އިންތިޚާބު ކާމިޔާބު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ