އާލިއާ ބޭނުން ވަނީ ކޮން ކަހަލަ ދަރިއެއްކަން އެނގޭތަ؟

އާލިއާ ބޭނުން ވަނީ ކޮން ކަހަލަ ދަރިއެއްކަން އެނގޭތަ؟

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2022 11:16
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބަނޑުބޮޑުކަން އިއުލާން ކުރީ ޖޫން މަހުގެ 27 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ފޮޓޯ އަކާއެކުއެވެ.

އޭނާ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ފޮޓޯއަކީ ބަނޑުގެ ސްކޭނެއް ހައްދަން ގޮސް ތިއްބައި ނަގައިފައިވާ ފޮޓޯއެކެވެ. ފޮޓޯގައި ރަންބީރު ކަޕޫރުވެސް ހުއްޓެވެ.

މި ފޮޓޯ ހިއްސާ ކުރަމުން އާލިއާ ބުނެފައިވަނީ އެމީހުންނަށް އަލަތު ދަރިއަކު ލިބެން އުޅޭ ކަމަށެވެ. އޭގެ ފަހުން އޭނާ މުޅިންވެސް ވަރަށް ބޮޑަށް ބަނޑު ފޮރުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ އަންނަނީ ވަރަށް ގަޔަށް ދޫ ހެދުން ލަމުންނެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ އެމީހުންނަށް ލިބެނީ ޓްވިންސް އެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަދައްކާފައެވެ.

އާލިއާ ބޭނުން ވަނީ ކޮން ޖިންސެއްގެ ކުއްޖެއްތޯ ނޫސްވެރިން އެހުމުން އާލިއާ ވަނީ އެ ސުވާލަށް ޖަވާބު ދީފައެވެ. އޭނާ ބުނި ގޮތުގައި އަންހެން ކުއްޖަކަށް ވިޔަސް އަދި ފިރިހެން ކުއްޖަކަށް ވިޔަސް އެންމެ ރަނގަޅު ކަމަށެވެ. ސިއްހަތު ރަނގަޅު ކުއްޖެއް ލިބިއްޖެއްޔާ އެވީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އާލިއާ މިހާރު އަންނަނީ އޭނާގެ ފިލްމު "ޑާލިންގްސް"ގެ ޕްރޮމޯޝަން ތަކުގައި ވަރަށް އަވަދިނެތި އުޅެމުންނެވެ. މި ފިލްމަކީ އާލިއާ ކޯ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްްމްއެއް ވެސް މެއެވެ. ދެން މިފިލްމުގެ އަނެއް ޕްރޮޑިއުސަރަކީ ޝާހުރުކް ޚާންގެ ރެޑް ޗިލީ އެންޓަޓައިންމަންޓެވެ. ފިލްމު ޕްރިމިއާ ކުރަނީ އޯގަސްޓް 5 ވަނަ ދުވަހު ނެޓްފްލިކްސް އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.