ޖާންވީ ޖަންކް ފުޑް ނުކާތާ 2 މަސްވެއްޖެ

ޖާންވީ ޖަންކް ފުޑް ނުކާތާ 2 މަސްވެއްޖެ

Author
ފާތިމަތު ނާވީ
02 އޮގަސްޓް 2022 07:34
0

ބޮލީވުޑްގެ ތަރިންނަކީ ހަށިގަނޑަށް ވަރަށް ބަލައިގެން ވަރަށް ލޫޅާފަތިކޮން ތިބުމަށް ހާއްސަ ސަމަލު ކަމެއް ދޭބައެވެ. އެގޮތުން ވަކި ޑައިޑް ޕްލޭން އެއްގެ ދަށުން ކަސްރަތު ކުރުމާ ނިދުމާއި ދިރިއުޅުމުގެ ކަންކަން ވަރަށް ބޮޑަށް ބަލާބައެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ.

ޖަންކް ފުޑްއަކީ އާންމުކޮސްވެސް ކެއުމުގައި ގެންލުން ވަރަށް ބޮޑުއެއްޗެއްކަން އެއްމެން ވެސް ދަނެއެވެ. ނަމަވެސް ސެލެބްރިޓީންނާއި ހިލާފަށް އާންމުން ގެ ދިރިއުޅުމުގައި ގިނަ ބަޔަކު ޖަންކް ފުޑް ބޭނުން ކުރާ އަދަދު ގިނަ ވުމަކީވެސް އެކަށީގެން ވާކަމެކެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ސެލެބްރިޓީންގެ ލައިފް ސްޓައިލް އަކީ ވަރަށް ލަގްޒަރީ ލައިފް ސްޓައިލް އެކެވެ. އެއާއި އެކު އެމީހުންގެ ކެއުމުގައިވެސް އޯގެނިކް ފުޑް ހިމެނުމަށް ހާއްސަ ސަމާލުކަމެއް ދެއެވެ.

އެގޮތުން މިހާރު ބޮޅީވުޑްގައި އަރަމުން އަންނަ ބަތަލާ ޖާންވީ ކަޕުރު ބުނި ގޮތުގައި އޭނާ ޖަންކް ފުޑް ނުކާތާ މިހާރު ދެމަސް ވެއްޖެއެވެ.

ޖާންވީ ބުނީ އޭނާ މިހާރު އުޅެނީ ހަށިގަނޑަށް ވަރަށް ބަލައިގެން ކަމަށާއި ކަނީ ވެސް ވަރަށް ބަލައިގެންނެވެ. ކެއުމުގައި ސިއްހަތަށް ފައިދާ ހުރި އެއްޗެހި ހިމެނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ޖާންވީ މިހާރު އަންނަނީ ފިލްމް އަަކަށް ތައްޔާރު ވުމުގެ ގޮތުން ހަށިގަނޑު ހިއްކުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެހެންވެ ކެއުމަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް އޭނާ ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.