ހަތިޔާރު ގެންގުޅުމުގެ ހުއްދަ ސަލްމާނަށް ދީފި

ހަތިޔާރު ގެންގުޅުމުގެ ހުއްދަ ސަލްމާނަށް ދީފި

Author
ފާތިމަތު ނާވީ
01 އޮގަސްޓް 2022 06:59
0

ބޮލީވުޑްގެ އެންމެ މަޝްހޫރުއެއް އެކްޓަރު ސަލްމާން ޚާންގެ ހަށިރައްކަލަކަށްޓަކައި އޭނާ ވަނީ ހަތިޔާރު ގެންގުޅުމުގެ ހުއްދައަށް މިދިޔަ ހަފްތާގެ ތެރޭގައި ހުށައަޅާފައެވެ.

އަދި މިހާރު ހަށިރައްކަލަކަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވަނީ ސަލްމާނަށް ދީފައެވެ. ސަލްމާން ވަނީ ހަތިޔާރު ގެންގުޅުމުގެ ހުއްދައަށް އެދި މިދިއަ ހަފްތާގައި މުމްބައިގެ ފުލުސް އޮފީހަކަށް ގޮސްފައެވެ. އަދި ހަމަ އެއާއި އެކުގައި ހުށައަޅަން ޖެހޭ ލިޔުންތައް ހުށައަޅާފައެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

މޭ މަހުގައި ޕަންޖާބްގެ ލަވަކިއުން ތެރިއާ ސިއްދޫ މޫސްވާލާއަށް ބަޑިން ހަމަލާދީ މަރާލިތާ މާގިނަ ދުވަހެއް ނުވެ ސަލްމާނާއި އޭނާގެ ބައްޕައަށް ވެސް ވަނީ މަރުގެ އިންޒާރުގެ ސިޓީއެއް ލިބިފައެވެ.

އޭރު ސަލްމާން އޭނާގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. ލޯރެންސް ބިޝޯނީ ގޭންގުންވަނީ މަރުގެ އިންޒާރު ސަލްމާނާއި ބައްޕަ ސަލީމް ޚާނަށް ދިން ކަމަށް ބުނެފައެވެ.

ސަލްމާނަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ވަރުގަދަ ސެކިއުރިޓީ އޮތް އެކްޓަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.