ބޮލިވުޑްގެ އައު ޖޯޑު ކަމުގައިވާ ކިއާރާ އަދުވާނީ އާއި ސިދާތް މަލޯތްރާ ޗުއްޓީއަކަށް ދުބާއީ އަށް ގޮސްފިއެވެ. މި ދަތުރަކީ ކިއާރާގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ލޯބިވެރިން ކުރި ދަތުރެކެވެ.
މި ދެމީހުން ވަނީ އެމީހުންގެ ފޭނުން ނާއި އެކު ފޮޓޯ ނަގައިފައިވެވެ. ދެމީހުން އެކުގައި ފޮޓޯ ނުނެގި ކަމަުގައި ވިޔަސް ފޮޓޯތަކުގައި ހުރީ އެއް ބެކްގްރައުންޑެކެވެ. އެހެން ކަމުން ދެމީހުން އެކުގައި މިހާރު ތިބީ ދުބާއީގައި ކަމަށް ރިޕޯޓްތަށ ްބުނެއެވެ.
މިއަދު އުފަންދުވަސް ފާހަގަކަ ކުރާ ކިއާރާ އަށް މި ވީ 30 އަހަރެވެ. ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ކިއާރާ އާއި ސިދާތް ގެ ލޯބީގެ ފެށުމަކީ އެދެމީޙުން އެކުގައި ކުޅުނު އަލަތު ފިލްމް " ޝޭރްޝާހް"ގެ ސެޓެވެ. އެމީހުން ލޯބީގެ ގޮތުން ގުޅުނީ އެ ފިލްމް ކުޅެއް އުޅުން ދުވަސް ވަރުގައިއެވެ.
ނަމަަވެސް ވަރަށް ސިއްރުން އެމީހުން ރައްޓެހިވެގެން އުޅޭއިރުގައި ދޭތެރެ ދޭތެރއިން އެމީހުން ކައިވެނި ކުރަން އުޅޭ ވާހަކަވެސް އަޑުގަދަވެއެވެ. ރައްޓެހި ވެގެން އުޅޭކަމަށް އެ ދަތަރިންގެ ތެރެއިން އެކަކުވެސް އަދި އެއްބެހެއް ނުވެއެވެ.އ ަދި ގުޅުމާ ބެހޭގޮތުން މީޑިއާގައި ވާހަކައެއް ވެސް ނުދައްކައެވެ.