ތަފާތު ގޮތަކަށް ބޮލިވުޑްގެ އެކްޓަރު ރަންބީރު ކަޕުރު ފެނިގެންދިޔަ ފިލްމު "ޝަމްޝޭރާ" ބޮޑު ފްލޮޕް އަކަށް ވެއްޖެއެވެ. ޖުލައި މަހުގެ 22 ގައި ރިލީޒް ކުރި މި ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.
ފިލްމަށް އުންމީދު ކުރިވަރުގެ ތަރުހީބެއް ނުލިބި ފިލްމުގައި މިހާރު ވަނީ ފްލޮޕް ބޯޑު އަޅުވާފައެވެ. ރަންބީރުގެ ފިލްމީ ކެރިއަރުގައި އޭނާ ކުޅުނު ބޮޑު 7 ފިލްމެއް ވަނީ ފްލޮޕް ވެފައެވެ.
"ޝަމްޝޭރާ" އެޅުވުމުގެ ކުރިން ރަންބީރުގެ އަންހެނުން އަދި ބަތަލާ އާލިއާ ބަޓް އޭނާގެ ފޭނުންގެ ކިބައިން ވެސް ފިލްމު ބަލަން ދިއުމަށް ވަނީ ރިކުއެސްޓް ކޮށްފައެވެ. ނަމަވެސް ފިލްމު ވީ ފްލޮޕެވެ.
ރަންބީރުގެ ބޮޑު ހަތް ފިލްމެއް ވަނީ ވަރަށް ހިތި ގޮތަކަށް ނާކާމިޔާބު ވެފައެވެ. އެއީ ބޮޑެތި އުންމީދުތަކެއް ކުރި އުންމީދު ކުރި ބޮޑު ބަޖެޓުގެ ފިލްމު ތަކެވެ.
ރަންބީރުގެ ބޮލީވުޑް ޑެބިއު 2007 ވަނަ އަހަރުގެ "ސާވަރިއާ" އަކީ ވެސް ބޮޑު ފިލްމެކެވެ. އެ ފިލްމުގައި އަންބީރާއެކު ބޮލީވުޑަށް ތައާރަފް ވި ބަތަލާ ސޯނަމް ކަޕޫރަށްވެސް ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ނުހޭދެއެވެ. އެފިލްމު ހެދުމަކަށް 45 ކަރޯޑް ހޭދަކުރިއެވެ. ނަމަވެސް ފިލްމަށް ލިބުނީ 29.10 ކަރޯޑެވެ.
އެފަހުން ރަންބީރު ކަޕޫރުގެ 2013 ގެ ފިލްމް "ބޭޝަރަމް"ވެސް ވީ ބޮޑު ފްލޮޕަކަށެވެ. އެފިލްމު އުފެއްދުމަށް 83 ކަރޯރް ހޭދަކުރި ނަމަވެސް ފިލްމަށް ލިބުނީ 77.10 ކަރޯޑެއެވެ.
މީގެ އިތުރުން 2005 ވަނަ އަހަރުގެ ފިލްމު "ރޯއީ" އަކީވެސް ވެސް ފްލޮޕް ފިލްމެއެކެވެ. 50 ކަރޯރް ގެ ބަޖެޓަކުން ހެދި އެފިލްމަށް ލިބުނީ 47.68 ކަރޯޑެވެ. އަދި ހަމަ އެއަހަރު ރިލީޒް ކުރި "ބޮމްބޭ ވެލްވެޓް"ވެސް ވީ ފްލޮޕެވެ. އެއީ ބޮލީވުޑްގެ ޑިޒާސްޓާގެ ގޮތުގައި ސިފަ ކޮށްފައިވާ ބޮޑު ފްލޮޕެކެވެ. އެ ފިލްްމް އުފެއްދުމަށް 118 ކަރޯޑް ހަރަދު ކުރި އިރު ލިބުނީ 30.36 ކަރޯޑެވެ.
މީގެ އިތުރުން 68 ކަރޯޑްގެ ބަޖެޓަކުން ހެދި ރަންބީރުގެ "ތަމާޝާ" އާއި "ޖައްގާ ޖާސޫސް" ވެސް ވީ ފްލޮޕެވެ. ކެރިއަރުގައި ގިނަ ފްލޮޕް ފިލްމުތަކެއް ދީފައިވާ އެކްޓަރުގެ ކުރިއަށް އޮތް ފިލްމް އަކީ ގިނަބަޔަކު އިންތިޒާރު ކުރަމުންދާ ވަރަށް އުންމީދީ ފިލްމެކެވެ.
5 އަހަރުގެ ދިގު މުއްދަތެއް ހޭދަކޮށްގެން އުފެއްދުނު މި ފިލްމަކީ ޑައިރެކްޓަރު އަޔާން މުކަރްޖީގެ "ބްރަމަސްތުރާ" އެވެ. މި ފިލްމުން ރަންބީރާއި އާލިއާގެ ޖޯޑު ފެނިގެންދާނީ ފުރަތަމަ ފަހަރަށެވެ. ފިލްްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަށެވެ.