ބިޕާޝާ އިނީ އަލަތު ދަރިފުޅަށް ބަލިވެ

ބިޕާޝާ އިނީ އަލަތު ދަރިފުޅަށް ބަލިވެ

Author
ފާތިމަތު ނާވީ
31 ޖުލައި 2022 08:13
0

ކުރީގެ ބަތަލާ ބިޕާޝާ ބަސޫ އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ބުނާ ވާހަކަތަކެއް އަނެއްކައިވެސް ދެކެވެން ފަށައިފިއެވެ.

މީގެ ކުރިންވެސް ބިޕާޝާ ބަނޑުބޮޑުކަމަށް ބުނެ އެކި ފަހަރު މަތިން ވަނީ ނޫސްތަކުން ރިޕޯޓް ކޯށްފައިއެވެ. އަދި ބިޕާޝާ އެކަމަށް އިންކާރު ކޮށް ސްޓޭޓްމެންޓްތަށް ވެސް ވަނީ ނެރެފައިއެވެ.

View this post on Instagram

 

A post shared by bipashabasusinghgrover (@bipashabasuބޮލީވުޑްގެ ހަބަރުތަށް ގެެނެސްދޭ ނޫހެއް ކަމަށްވާ "ޕިންކްވިލާ" އިން ރިޕޯޓް ކޯށްފައިވާ ގޮތުގައި މިހާރު ބިޕާޝާ ބަނޑު ބޮޑެވެ. އަދި އޭނާގެ ބައެއް މީހުން މިވާހަކަ ކަށާވަރު ކޮށްދީފައިވާ ކަމަށްވެސް އެނޫހުން ބުނެއެވެ.

 

View this post on Instagram

 

A post shared by bipashabasusinghgrover (@bipashabasu)

އަދި ހަމަ އެހެންމެ ބިޕާޝާ އަދި ފިރިމީހާ ކަރަން ގެ ފަރާތުންވެސް މިކަމާއި ގުޅިގެން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ. ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުގައިއެވެ. އެމީހުން ބައްދަލުވީ ދެމީހުން އެކުގައި ކުޅުން ރޮމޭންޓީކް ބިރުވެރި ފިލްމް "އެލޯން" ގެ ސެޓުންނެވެ.

އެމީހުންގެ ކައިވެންޏަށް މިވީ 6 އަހަރު ތެރޭގައި އެކި ދުވަސްވަރު ބިޕާޝާ ބަނޑު ބޮޑު ކަމަށް ވަނީ ވަހަކަ ދެކެވިފައިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެއީ ދޮގު ހަބަރަކަށް ވެގެން ވާހަކަ ހިނދެނީއެވެ.

 

View this post on Instagram

 

A post shared by bipashabasusinghgrover (@bipashabasu)

43 އަހަރުގެ ބަތަލާ ކަރަން އާއި ކައިވެނި ކުރީ އަލަށް ކަމުގައި ވިޔަސް ކަރަން ވަނީ ބިޕާޝާ އާއި ކައިވެނި ކުރުމުގެ ކުރިން އިތުރު ދެ މީހަކާ ކައިވެނިކޮށްފަ އެވެ.

އެއީ 2008-2009 އަށް ޓީވީ ތަރި ޝްރައްދާ ނިގަމް އާއި 2012 އިން 2014 އަށް މަޝްހޫރު ޓީވީ ތަރި ޖެނިފާ ވިންގެޓްއާ އެވެ. އެކަމަކު އެ އިން އެއްވެސް ކައިވެންޏަކަށް ކަރަން އަށް ދަރިއަކު ނުލިބެ އެވެ.

 

View this post on Instagram

 

A post shared by karan singh grover (@iamksgofficial)

"ޖިސްމް" އާއި "ރާޒް" އާއި "އަޖްނަބީ" އާއި "ދޫމް 2″ އާއި "ރޭސް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅުނު ބިޕާޝާ އެންމެ ފަހުން ފެނިފައި ވަނީ އެމްއެކްސް ޕްލެޔާއިންނެވެ. ނަމަވެސް މަޑުމަޑުން އޭނާ ކެރިއަރު ހަލާކުވެ މިހާރު ކުޅޭނެ ރަނގަޅު ފިލްމްއެއް އޭނާ އަކަށް ނުލިބެއެބެ. އެހެން ކަމުން އޭނާ މިހާރު ފެންނަނީ ވަރަށް މަދުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.