ޓީވީ ތަރި ޝްރައްދާ އާއި އަރްޖުންއަށް ކަރަންގެ ފިލްމްއެއް

ޓީވީ ތަރި ޝްރައްދާ އާއި އަރްޖުންއަށް ކަރަންގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
31 ޖުލައި 2022 06:59
0

ސިލްސިލާ ޑްރާމާ ތަކުން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ދެ ޓީވީ ތަރިން ކަމަށް ވާ ޝްރައްދާ އާރިޔާން އާއި އަރުޖުން ބިޖްލާނީ އަށް ބޮލީވުޑްގެ ނުފޫޒުގަދަ ޑައިރެކްޓަރު/ ޕްރޮޑިއުސަރު ކަރަން ޖޯހަރު ގެ ފިލްމް އަކުން ފުރުސަތު ލިބިއްޖެއެވެ.

އެ ފިލްމް އަކީ ކަރަން 5 އަހަރަށް ފަހު ކަރަން ޑައިރެކްތަރުގެ ގޮޑިން ފެނިގެންދާނެ ފިލްމް "  "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. މި ފިލްމްގެ ލީޑޫން ފެނިގެންދާނީ މިހާރު ބޮލީވުޑަގައި ތިބި އޭލިސްޓްގެ ދެތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންވީރު ސިންގްއެވެ.

 

View this post on Instagram

 

A post shared by Shraddha Arya (@sarya12)

އަރުޖުންވެސް އަދި ޝަރައްދާވެސް މީގެ ކުރިން ވަނީ ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިއެވެ. ނަމަވެސް އެމީހުން ފެނިގެން ދިއައީ ސަޕޯޓިންގ ރޯލުތަކުންނެވެ. އަދި ހަމަ އެހެންމެ އުންމީދު ކުރިވަރަކަށް އެމީހުން ކެރެކްޓާތަށް ވެސް ބެލުންތެރިން ބަލައެއް ނުގަނެއެވެ.

 

View this post on Instagram

 

A post shared by Shraddha Arya (@sarya12)

ޝްރައްދާ ވަނީ މިހަބަރު ކަށަވރު ކޯށްދިނުމުގެ ގޮތުން އިންސްޓަގްރާމްގައި ކަރަން އާއި އެކުގައި ނަގައިފައިވާ ފޮޓޯތަކެއް ހިއްސާ ކޯށްފައިއެވެ. އަދި ވަރަށް އުފާވާ ކަމަށް ވެސް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Shraddha Arya (@sarya12)

އަރުޖުން އާއި ޝްރައްދާ އެކުގައި ނުފެނުން ކަމުގައިވިޔަސް މި ދެތަރިންނަކީ ވެސް ޓީވީ ގައި ވަރަށް މަގުބޫލު ދެ ތަރިންނެވެ. ޝްރައްދާގެ މަގުބޫލު ޑްރާމާ ތަކުގެ ތެރޭގައި "ތުމްހާރީ ޕާކީ" އާއި ޑްރީމް ގާލް" އަދި 2017 ވަނަ އަހަރުން ފެށިގެން ޓީވީ ޑްރާމާ "ކުންޑާލީ ބަގްޔާ"ގައި އޭނާ މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Arjun Bijlani 🧿 (@arjunbijlani)

އަރުޖުން ވެސް ވަނީ ބެލުންތެރިންގެ މެދުގައި ވަނީ މަގުބޫލުކަން ހޯދައިފައިއެވެ. އޭނާގެ ފާހަގަ ކޮށްލެވޭ ޑްރާމާ ތަކުގެ ތެރޭގައި  "ނާގިން" އާއި "އިޝްގް މޭ މަރްޖާވާ" ފަދަ ޑްރާމާތަށް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.