ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަމަޖެހުން ދެމެހެއްޓުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވާ މަސައްކަތްޕުޅުން ދައްކުވައިދެނީ އެމަނިކުފާނުގެ ސިޔާސީ ރަނގަޅު ތަޖުރިބާކަމަށް ދިއްގަރު ދާއިރާގެ އެމްޑީޕީ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.
ހަލަބޮލިވަމުންދާ ރާއްޖޭގެ ސިޔާސީ މަޞްރަހާއި ގުޅޭގޮތުން އިކްރާމް ވިދާޅުވީ އުނދަގޫ ހާލަތުގައިވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ސިޔާސީ މަސްރަޙްގަ ހަމަޖެހުން ދެމެހެއްޓުމަށް ކެތްތެރުކަމާއެކު އެދެއްވާ އިސްކަމުން ދައްކުވައިދެނީ ގިނަ އަހަރުތަކުގެ ސިޔާސީ ރަނގަޅު ތަޖުރިބާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސާބިތު ލީޑާޝިޕަށް އެމްޑީޕީގެ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ފަޚުރުވެރިވާކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.
Udhagoo haalathugaaves miadhuge RJ @ibusolih raajjeyge siyaasee mashrahga hamajehun dhemehettumah keiitheri kamaai eku edhevvaa iskamun dhakkuvaidhenee gina aharu thakehge siyaasee ragalhu thajuribaa. RJge saabith leadershipah MDP MP ehge haisiyyathun alhugandu fahuruverivan.
— Ikram Hassan MP (@ikramhassan) July 30, 2022
އިކްރާމް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކާއި އެނޫންވެސް ބައެއް މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯގެ މައްސަލާގައި އެމީހުން ހައްޔަރުކުރަމުންދާތީ އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހިމެނެއެވެ. މިއާއެކު ރައީސް ނަޝީދު ވަނީ ނާޒިމް ހައްޔަރުކުރީ ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ހަރުކަށި ފިކުރުމުގެ މީހުންގެ ރުއްސަންކަމަށެވެ. އަދި ރައީސް ނަޝިދު ގެންދަވަނީ ސަރުކާރާއި ރައީސް ޞަލިޙްގެ އިސްތަށިފުޅުގައި އެކިއެކި އިލްޒާމް އަޅުއްވަމުންނެވެ.
އެގޮތުން ރައީސް ޞާލިޙްގެ ބަދުއަޚްލާގީ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙަށް އިންޒާރެއް ދެއްވާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އާއިލީ އަންހެން ކުއްޖަކާއެކު ރައީސް ސޯލިހް ބަދު އަހުލާގީ އަމަލު ހިންގަވާ މަންޒަރު ހިމެނޭ ހަތަރު ފޮޓޯއެއް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ރައީސް ނުކުރައްވާ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވަވާ ކަމަށެވެ.
ނަޝީދު މިފަދަ މެސެޖްތަަކެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް މި ފޮނުއްވާފައި މި ވަނީ، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ނާޒިމް އަބްދުލް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނިކޮށެވެ.
އއ. އަތޮޅުގެ ރިސޯޓެއްގައި ހުންނަވަނިކޮށް ނާޒިމް ހައްޔަރު ކުރުމާއެކު، ނަޝީދު ޓްވީޓެއް ވެސް ކުރެއްވިއެވެ. އަދި ނާޒިމް ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށް ވެސް ނަޝީދު އެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ. ނާޒިމް ސައްތާރު މިއަދު ވަނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހާޒިރުކޮށްފައެވެ. އަދި އެ ކޯޓުން ވަނީ ނާޒިމްގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ކޮމެންޓު ފޮނުވާ