"ބޫލް ބުލައްޔާ 2″ އަށް ވުރެ "ޝެހެޒާދާ" ކާމިޔާބު ވަނެ: ކާތިކް

"ބޫލް ބުލައްޔާ 2″ އަށް ވުރެ "ޝެހެޒާދާ" ކާމިޔާބު ވަނެ: ކާތިކް

Author
ފާތިމަތު ނާވީ
29 ޖުލައި 2022 07:11
0

ފިލްމް "ބޫލް ބުލައްޔާ2″ ގެ ކާމިޔާބީ އާއި އެކުގައި ބޮލީވުޑްގެ މެދު އުޑުގައި ފިޔަޖަމުން އަންނަ އެކްޓަރު ކާތިކް އާރިޔާން ގެ ކުރިއަށް އޮތް ފިލްމް އާއި ބޭހޭ ގޮތުން އޭނާ ވާހަކަދައްކައިފިއެވެ.

ކާތިކް ބުނެފައިވާ ގޮތުގައި "ބޫލް ބުލައްޔާ2″ އަކީ މިއަހަރު ބޮލީވުޑް ސިނަމާގައި އެޅުވި އެންމެ ކާމިޔާބ ފިލްމް ތަކުގެ ތެރޭގައި ހިމެނޭ ފިލްމްއެއް ކަމަށެވެ. ނަމަވެސް އޭނާ ކުރިއަށް އޮތް ފިލްމް "ޝެހެޒާދާ" އަކީ އެ ފިލްމް އަށްވުރެ ކާމިޔާބު ފިލްމް އަކަށް ވާނެ ކަމަށް އުންމީދު ކުރާކަމަށް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

"ޝެހެޒާދ" އަކީ "ބޫލް ބުލައްޔާ"ގެ ބަޖެޓަށް ވުރެ ބޮޑު ބަޖެތަކުން ހަދާ ފިލްމްއެއް ކަމަށާއި އެ ފިލްމް ކާމިޔާބު ވުމަކީ ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

"ބޫލް ބުލައްޔާ2″ ގެ ކާމިޔާބީއާއިއެކު ކާތިކްގެ މަގުބޫލު ކަންވެސް ވަނީ ވަރަށް ބޮޑު ވެފައިއެވެ. އެ ފިލްމް އިން ކާތިކް އާއި އެކުގައި ފެނިގެން ދިއައީ ކިއާރާ އަދްވާނީ އާއި ތައްބޫއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

"ޝެހެޒާދާ" އަކީ މިދިޔަ އަހަރު ރިލީޒްކުރި ތެލެގޫ ފިލްމު "އާލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކެކެވެ. ކްރިތީ ސެނަން ބަތަލާގެ ރޯލު ކުޅޭ ފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.